ދެން ރެސިޕީ | އޯރިއޯ މިލްކްޝޭކް

ބޭނުންވާ ތަކެތި:
3 ޖޯޑު ހިކި ކިރު
4 ޖޯޑު ވެނީލާ އައިސް ކްރީމް
2 ފެކެޓް އޯރިއޯ ބިސްކޯދު
4 މޭޒުމަތީ ސަމުސާ ޗޮކްލެޓް ސީރަޕް ކްރީމް
ތައްޔާރުކުރާނެ ގޮތް:
ކިރު، އައިސް ކުރީމް، ޗޮކްލެޓް ސީރަޕް އަދި ކުދި ކޮށްފައި ހުރި ބިސްކޯދުތައް މިކްސްޗަރަކުން ރަނގަޅަށް މިކްސް ކޮށްލައްވާށެވެ. އެއްކޮށް ރަނގަޅަށް މިކްސް ވުމުން ތަށްޓަށް އަޅައިފައި މައްޗަށް ކުރީމް ކޮޅެއް އަޅާލާށެވެ. އޭރުން އެހުރީ އޯރިއޯ މިލްކް ޝޭކް ތައްޔާރުވެފައެވެ.
މިކްސް ކުރާއިރު ވެނިލާ އައިސްކްރީމް އަޅާލުމުން ވެސް މީރު ވާނެއެވެ. މިލްކްޝޭކް ތައްޔާރުކޮން ނިމުމުން ތައްޓަށް އެޅުމަށް ފަހު ރީތި ކުރުމުގެ ގޮތުން އޯރިއޯ ބިސްކޯދު ކޮޅެއް މައްޗަށް އަޅާލާށެވެ.