ރެސިޕީ

ދެން ރެސިޕީ | ޗީޒީ ޗިކަން ޕަނީނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

200ގ ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)

Ads by Sosun Fihaara

1 މިރުސް (ކުދިކޮށް ކޮށާފައި)

ސްލައިސް ޗީޒް (ބޭނުން ވަރަކަށް)

ކުޑަ ހިކަނދިފަތްކޮޅެއް

10 ކުދި ބާރގާ ބަނަސް (ޕާން ވެސް ބޭނުންކޮށްލެވިދާނެ)

މަޔޮނައިސް (ބޭނުން ވަރަކަށް)

1 ފިޔާ (ކުދިކޮށް ކޮށާފައި)

1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)

ރަހަލާވަރަށް ލޮނުކޮޅެއް

ރަހަލާވަރަށް އަސޭމިރުސް

1 ތަށި ސަބްމެރީން ސޯސް

ކުޑަ ރާނބާފަތްކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފިޔާ، މިރުސް، ހިކަނދިފަތް، ކެޕްސިކަމް އަދި ރާނބާފަތްކޮޅު ކުޑަކޮށް ހަނާ ކޮށްލާށެވެ. ފިޔާކޮޅު ކުޑަކޮށް ރަތްވާން ފެށުމުން ކޮށައިފައި ހުރި ކުކުޅުކޮޅު، ލޮނު އަދި އަސޭމިރުސް މީގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ކުޅިރަހަ މަޑުހެން ހީވާނަމަ އިތުރަށް މިރުސް އެޅިދާނެއެވެ. ކުކުޅުކޮޅު ރަނގަޅަށް ރޯފިލުމުން އުނދުން މަތިން ބޭލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ކޮންޓެއިނަރަކަށް ކުރިން ތައްޔާރުކުރި ކުކުޅުކޮޅު އެޅުމަށްފަހު ހިކަނދިފަތް އަދި ރާނބާފަތްކޮޅު އަތުން ހޮވާލާށެވެ. މީގެ ތެރެއަށް މަޔޮނައިސްކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ބާރގާ ބަނަސްތައް މެދުން ކަފާލުމަށް ފަހު ކޮންމެ ފަޅިއެއްގެ ވެސް އެތެރޭގައި މޭޒުމަތީ ސަމުސަލެއްގެ ސަބްމެރީން ސޯސްކޮޅެއް ހާކާލާށެވެ. މީގެ ތެރެއަށް ކުރިން ތައްޔާރުކުރި ކުކުޅު މަސްކޮޅެއް އެޅުމަށްފަހު ބަނަހުގެ އެއްފަޅީގައި ފަތުރާލާށެވެ. އެއަށްފަހު މީގެ މައްޗަށް ޗީޒް ސްލައިސްއެއް 4 ބައިކުޅަ އެއްބައި ލުމަށްފަހު ޕަނީނޯ ފިހާ އެއްޗެއްގެ ތެރެއަށްލާ ފިހެލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!