ދެ ސައިކަލު ޖެހި އެކްސިޑެންޓުވުމުން އެއް ސައިކަލުގައި އިން މީހާ ފިލައިފި

މަރުކަޒީ ބޭންކް (އެމްއެމްއޭ) ކައިރިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓް ވުމުން އޭގެ ތެރެއިން އެއް ސައިކަލުގައި އިންމީހާ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެމްއެމްއޭ ކައިރިން މިރޭ 21:15 ހާއިރު އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
"މިއެކްސިޑެންޓްގައި ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލް ވަނީ މަޑު ނުކޮށް ގޮސްފައި. އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި." އޮފިޝަލު ވިދާޅުވިއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ވެސް އައިޖީއެމްއެޗްގައި ފަތުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓު އެއް ސައިކަލަކީ ވަރަށް ބާރު ސްޕީޑެއްގައި އައި ސައިކަލެކެވެ. ފިލާފައި ވަނީ ވެސް އެ ސައިކަލު ދުއްވަން އިން މީހާ ކަމަށް މައުލޫމާތު ލިބެއެވެ.