ދެން ރެސިޕީ | ގާރލިކް ނާން
ބޭނުންވާތަކެތި:
1/2 ކިލޯ ފުށް
1ބިސް ގިރާފައި
5 ލޮނުމެދު ގާނައިފައި
1 ސައިސަމުސާ ބޭކިންގ ޕައުޑަރ
1 މޭޒުމަތީ ސަމުސާ ހަކުރު
1/2ޖޯޑު ތެޔޮ
1, މޭޒުމަތީ ސަމުސާ ހިކި ކިރު
4 މޭޭޒުމަތީ ސަމުސާ ގިތެޔޮ ނުވަތަ ބަޓަރ
ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ފުށާއި ބޭކިން ޕައުޑަރ، ލޮނު، ލޮނުމެދު ހިކިކިރު، ހަކުރު 2 މޭޒުމަތީ ސަމުސާ ގިތެޔޮ އަދި ބިސް ވެސް އެއްކޮށްފައި އާދައިގެ ފެނުން ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ.
މަތި ބަންދުކޮށްފައި 30 މިނިޓް ވަންދެން ބާއްވާފައި ގުޅަ ގުޅަ ކަނޑާފައި އާދައިގެ ރޮށްޓަށް ވުރެ ބޯކޮށް ދަމާލާށެވެ ތަވާ ދޮންކޮށްފައި ކޮންމެ ރޮށްޓެއްގެ ދެފުށުގައި ބާކީ ގިތެޔޮ ކޮޅުން ގިތެޔޮ ކޮޅެއް ހާކާފައި ފިހެލާށެވެ.
Ads by Allied Insurance