ރެސިޕީ: ފަސޭހައިން ތައްޔާރުކޮށްލެވޭ ޗޮކްލެޓް މޫސް

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗަކަށް ޗޮކްލެޓް މޫސް އަކީ މީރު އެއްޗެކެވެ.
ބޭނުންވާތަކެތި:
250 ގ ކުކިންގ ޗޮކްލެޓް
250 އެމް އެލް ބިހުގެ ހުދު ބައި
4 ބިހުގެ ގޮބޮޅި
1 މޭޒުމަތީ ސަމުސާ ބަޓަރ
175 ގ. އައިސިންގ ޝުގަރ
ތައްޔާރުކުރާނެ ގޮތް:
ޗޮކޮލެޓް ކުދިކޮށް ކޮށާފައި އެއްޗަކަށް އަޅާފައި ހޫނު ފެން އެއްޗެއްގެ މަތީގައި ބަހައްޓައިގެން ދިޔާ ކޮށްލާށެވެ. އެއަށްފަހު ބަޓަރު ކޮޅު ޗޮކޮލެޓް ކޮޅާއި އެއްކޮށްފައި އުނދުން މައްޗަށް އުދާފައި މަޑު ގިނީގައި ބަހައްޓައިގެން ރަނގަޅަށް މިކްސް ކޮށްލާށެވެ.
ދެބައި ރަނގަޅަށް ދިޔާވީމާ އުނދުން މަތިން ބާލާފައި ބިހުގެ ގޮބޮޅި އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ބިހުގެ ހުދު ބަޔާއި އައިސިންގ އެއްކޮށްފައި ވިސްކަކުން ކްރީމްއަށް ވަންދެން ގިރާލާށެވެ. މި ކްރީމް ކުރީގެބަޔާއި މަޑު މަޑުން ( ފޯލްޑް ) ކޮށްލާށެވެ.
ދެން ތަށްޓަކަށް ނުވަތަ ސާރވިންގ ޑިޝްއަކަށް އަޅާފައި ފްރިޖްގައި ބަހައްޓާށެވެ. ގާތްގަޑަކަށް 2 ގަޑި އިރު ބެހެއްޓުމަށްފަހު ފްރިޖުން ނަގާލާށެވެ. ރީތި ކޮށްލުމުގެ ގޮތުން ޗޮކްލެޓް ގާނާލާފައި މައްޗަށް ބުރުވާލާށެވެ. ކޮކޯ ޕައުޑަރ ވެސް ބޭނުންކޮށްލެވިދާނެއެވެ.