ރެސިޕީ

ދެން ރެސިޕީ | ބްރެޑް ލަޒާނިއާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

1 ޕާން (ޓްރޭގެ ސައިޒަށް އެކަށޭނަ ވަރަކަށް)

Ads by WAMCO

2 މަސް ދަޅު

1 ކެރެޓު ގާނާފައި

1 ފިޔާ

2 ލޮނުމެދު

އިނގުރު ކޮޅެއް

ހިކަނދިފަތް ކޮޅެއް

1 ގިތެޔޮ މިރުސް

1 ކެޕްސިކަމް

1/2 ލީކްސް

2 ސަމްސާ ޓޮމާޓޯ ސޯސް

2 ސަމްސާ ޗިލީ އެންޑް ގާލިކް ސޯސް

2 ސަމްސާ ފްރައިޑް ޗިކަން ޗިލީ ސޯސް

1 ސަމްސާ އޮއިސްޓާ ސޯސް

1/2 ސަމްސާ ސޯޔާ ސޯސް

10 ބިސް

ލޮނު (ރަހަލާވަރަށް)

އަސޭމިރުސް( ރަހަލާވަރަށް)

ތައްޔާރުކުރާނެ ގޮތް:

ފިޔާ އަދި ހިކަނދިފަތް އަޅާ، ފިޔާކޮޅު ރަތް ވަންދެން މީރުކޮށްލާށެވެ. އަދި އޭގެތެރެއަށް ވަރަށް ކުދިކުދިކޮށް ކޮށުމަށްފަހު ލޮނުމެދު، އިނގުރު، ކެޕްސިކަމް، ގިތެތޮ މިރުސް އަދި ގާނާފައި ހުރި ކެރެޓާއި ލީކްސް އަޅާލާށެވެ. އެއަށްފަހު މަސް ދަޅު އަޅާ އެހެން އިންގްރިޑިއަންޓްސްތަކާ އެކު މިކްސް ކޮށްލާށެވެ. އިރުކޮޅަކު ކައްކާލުމަށް ފަހު ހުރިހާ ސޯސްތަކެއް އަޅާލާށެވެ. އަދި ލޮނާއި އަސޭމިރުސް އެޅުމަށް ފަހު މަޑު ގިނީގައި 3 މިނިޓް ކައްކާލާށެވެ. މަސްގަނޑު ތައްޔާރުކޮށް ނިމުނީއެވެ.

ލަޒާނިއާ އަތުރާލުމަށް ޓަކައި ޕާނުގެ ހަތަރު ފަރާތް ކަފާލާށެވެ. ހުރިހާ ބިހެއް ފެޅުމަށް ފަހު ވަކިން ތަށްޓަކަށް އަޅާލާށެވެ. އަދި ކުޑަ ލޮނު ކޮޅަކާއި އަސޭމިރުސްކޮޅެއް އަޅާލާށެވެ.

ދެން ޓްރޭއެއްގައި މާޖިރިން ހާކާލުމަށް ފަހު ޕާން ފޮތިތައް ޓްރޭގައި އަތުރާލާށެވެ. އެއަށްފަހު މަސްގަނޑުގެ އެއްބަޔާއި ބިހުގެ އެއްބައި އަޅާލާށެވެ. މިގޮތަށް ޓްރޭގައި ރިޕީޓްކޮށްލާށެވެ. އެންމެ މައްޗަށް ހުންނަންވާނީ ބިހެވެ.

އެއަށްފަހު ބިސްތައް ރަނގަޅަށް ރޯފިލަންދެން އަވަންގައި ފިހެލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!