ދުނިޔެ

އިންނަންހުރި މީހާ ކޮވިޑް-19 އަށް ފައްސިވުމުން ކައިވެނި ކުރީ ޕީޕީއީ ކިޓުގައި ހޮސްޕިޓަލު ތެރޭގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާ: ކެރެލާއަށް ނިސްބަތްވާ މި ދެ ލޯބިވެރިން ކައިވެނި ކުރީ ތަފާތު ގޮތަކަށް ސަރުކާރު ހޮސްޕިޓަލެއްގެ ތެރޭގައެވެ.

Ads by Sosun Fihaara

ކައިވެނި ކުރަން އުޅުނު ފިރިހެން މީހާ ކޮވިޑަށް ފައްސިވެ އެޑްމިޓް ކުރުމުން ޕީޕީއީ ކިޓުގައި އަންހެން މީހާ ދިޔައީ ހޮސްޕިޓަލަށެވެ. މިހެން މިކަން ކޮށްފައި ވަނީ އާއިލާއިން ބޭނުންވެގެންނެވެ. މީގެ އަހަރެއް ކުރިން ކައިވެނި ކުރާނެ ދުވަސް އެމީހުން ވަނީ ކަނޑައަޅައިފައެވެ.

އެ ކައިވެނި ކުރިއިރު ކައިރީގައި ފިރިހެން މީހާގެ މަންމަ ހުއްޓެވެ. އޭނާގެ މަންމަ ވެސް ކޮވިޑަށް ފައްސި ވުމާ ގުޅިގެން ހަމަ އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. މީގެ އިތުރުން އަންހެން ކުއްޖާގެ ބައެއް އާއިލާ މީހުންވެސް ޕީޕީއީ ކިޓުގައި އެތަނަށް ހާޒިރުވިއެވެ.

މިކަން ކޮށްފައި ވަނީ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ހޯދައިގެންނެވެ. އަހަރެއް ކުރިން ކައިވެނި ކުރާނެ ދުވަސް ނިންމައި ކައިވެނީގެ އިންތިޒާމްތައް ރޭވިފައި އޮތުމުން އެ ދުވަހު ކައިވެނި ނުކޮށް ދޫކޮށްލަން ބޭނުން ނުވުމުން ހުއްދަ ހޯދަންޖެހޭ ހުރިހާ އިދާރާތަކުން އެމީހުން ވަނީ ހުއްދަ ހޯދާފައެވެ.

ހޮސްޕިޓަލުގައި ކައިވެނިކޮށް ނިމުމުން ފިރިހެން މީހާގެ ނަތީޖާ ނައްސި ވަންދެން އަންހެން ކުއްޖާ އޭނާގެ ބޭބެއެއްގެ ގޭގައި މަޑުކުރިއެވެ. އެ ދެމީހުންނަށް ބައްދަލު ކުރެވެން އޮތީ ފިރިހެން މީހާގެ ކަރަންޓީނު ހަމަވެ، ނަތީޖާ ނައްސިވި ދުވަހަކުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!