ރެސިޕީ

ދެން ރެސިޕީ | ބޭކްޑް ބްރެޑް ރޯލްސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

6 ފޮތި ޕާން
2 ސައި ސަމުސާ ތެޔޮ
1 ފިޔާ (ކުދިކޮށް ކޮށާފައި)
1 އަލުވި
1 ކެރެޓް
1/2 ސައިސަމުސާ ލޮނުމެދު (ގާނާފައި)
1/2 ސައިސަމުސާ އިނގުރު (ގާނާފައި)
1/2 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑަރު
1/4 މޭޒުމަތީ ސަމުސާ ގަރަމް މަސާލާ
1 މޭޒުމަތީ ސަމުސާ ކޮރިއެންޑާ ފަތް (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ތެޔޮ
ލޮނު ކޮޅެއް
ރީނދޫ ކޮޅެއް

Ads by WAMCO

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކެރެޓް، އަލުވި އަދި ކޮރިއެންޑާ ކުދިކޮށް ކޮށުމަށް ފަހު، މަޑުވަންދެން ފެނު ކައްކާށެވެ. ދެން ފެންގަނޑުގެ ތެރެއަށް ރީނދޫ ކޮޅު އަޅަން ހަނދާން ބަހައްޓާށެވެ. ހުރިހާ އެއްޗެއް މަޑުވުމުން އަލުވި ރަނގަޅަށް މޮޑެ، އޭގެ ތެރެއަށް ފެނު ކެއްކި ތަރުކާރީތައް އަޅައި އެއްކޮށްލާށެވެ.

އެއަށް ފަހު ތަވަޔަކަށް ތެލާއި ފިޔާ، އިނގުރު އަދި ލޮނުމެދު އެޅުމަށްފަހު ފިޔާގަނޑު މީރުކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުރިން މޮޑުނު އަލުވި މަސްގަނޑު އެއްކޮށް، ޗިލީ ޕައުޑަރު އަދި ގަރަމް މަސާލާ އަޅައި ފަސް ވަރަކަށް މިނެޓު މަޑު ގިނީގައި ބަހައްޓާށެވެ.

ބްރެޑް ރޯލްސް ތައްޔާރު ކުރުމަށް، ޕާން ފޮތީގެ އަރިމަތީ ކައިރި ކެފުމަށް ފަހު، ރޮށި ދަމަން ގެންގުޅޭ ރޯލަރުން ޕާން ފޮތިތައް ފަތުރައިލާށެވެ. އެއަށް ފަހު ޕާނުގައި ކުޑަ ބަޓަރުކޮޅެއް އުނގުޅުމަށް ފަހު، މޭޒުމަތީ ސަމުސަލެއްގެ މިންވަރަށް އަލުވި މަސްގަނޑު އަޅައި ރޯލް އަކަށް ވާގޮތަށް އޮޅާލައި ރަނގަޅަށް ބައްދާލާށެވެ.

ރޯލްގެ ވަށައިގެން ކުޑަ ތެޔޮފޮދެއް އުނގުޅުމަށް ފަހު 200 ޑިގްރީގައި 20 ވަރަކަށް މިނެޓު ވަންދެން ފިހެލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!