"ރައްޔިތުންގެ މަޝްވަރާއާ ނުލައި ، ހިފެެހެއްޓުމެއް ނެތް ގޮތްތައް ވެހިކަލްތައް އިތުރުވާނެ ގޮތް ނުހެދެއްވުން އެދެން"

މާލޭ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ ނުލައި ، އެއްވެސް ހިފެހެއްޓުމެއް ނެތި މާލެ ސިޓީގެ މަގުތައް މައްޗަށް ވެހިކަލްތައް އިތުރުވާނެ ގޮތަކަށް ޤާނޫނެއް ، ޤަވާއިދެއް ވެސް އިސްލާޙް ނުކުރުމަކީ މާލޭ ރައްޔިތުންގެ ޙައްޤުގައި ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް މާލޭގެ އިންތިޚާބީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ސަމާލު ކަމަށް ގެންނަވައި ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޑރ.މުޢިއްޒު މިހެން ވިދާޅުވެފައި މި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހުކޮށް، ގަރާޖެއްގައި ޕާކު ކުރެވޭނެ ކަމުގެ ލިޔުމެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ރަޖިސްޓާ ކުރެވޭ ގޮތަށް ހަދަން ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ނިންމައިފައިވާ ދަނޑިވަޅެއްގައެވެ.
މި ނިންމުން ފާސްވެގެން ހިނގައްޖެ ނަމަ މިހާރުވެސް ކާރޫބާރޫ ބޮޑު މާލޭގެ މަގުތައް އިތުރަށް ހަލަބޮލިވެގެންދާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން މާލެއަށް ހައްދެއް ނެތް ގޮތަށް ވެހިކަލް ޖަމާވާގޮތް ހަދާނަމަ ވަކި އުމުރެއްގެ ވެހިކަލްތައް މާލޭ ޒޯނުން ވަކި ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން މީސްމީޑިއާގައި ހާމަ ކޮށްފައި ވެއެވެ.
ވެހިކަލްގެންނަނި ރައްޔިޔުންގެފެންނަ ނުފެންނަ ވޯޓެއްނަގައިގެންނެއްނޫން