ދުނިޔެ

ކޮރޯނާ ވައިރަސް އަޕްޑޭޓް: ހޮސްޕިޓަލް އެޅުމުގައި ޗައިނާ އެންމެ ކުރީގައި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގެ ވުހާން އިން ފެތުރެންފެށި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރަން ޗައިނާއިންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާތަނަށް އެޤައުމުގެ 8 ސިޓީއެއް ކަރަންޓީންކޮށްފައިވާއިރު، ކަރަންޓީންކޮށްފައިވާ މީހުންގެ އަދަދު މިހާރު 56 މިލިޔަނަށްވުރެ މައްޗަށް އަރަށެވެ. ކޮނޯރާ ވައިރަސް ކޮންޓްރޯލް ކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ޗައިނާއިން ހެދުމަށް ނިންމާފައިވާ ހޮސްޕިޓަލްތަކެވެ.

Ads by WAMCO

ޗައިނާގެ ދައުލަތުގެ މީޑިޔާ ކަމަށްވާ ޕީޕަލްސް މީޑިޔާއިން ރިޕޯޓް ކުރާ ގޮތުގައި ޗައިނާއިންދަނީ 1،000 އެނދުގެ ހޮސްޕިޓަލަކާއި 1،300 އެނދުގެ ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިދެ ހޮސްޕިޓަލުގެ ތެރެއިން 1،000 އެނދު ހެދުމަށް ނިންމާފައިވާ ހޮސްޕިޓަލް 10 ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ދޭން ފަށާނެ ކަމަށް ޗައިނާއިން ހާމަކުރެއެވެ. އަދި 1،300 އެނދުގެ ހޮސްޕިޓަލް 15 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އެގައުމުން ބުނެއެވެ.

އާއްމުކޮށް ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ގިނަ ދުވަސްތަކެއްވިނަމަވެސް، ޗައިނާއަށް މިދެންނެވި މުއްދަތުގައި ހޮސްޕިޓަލެއް އިމާރާތް ކުރެވޭނެ ކަމާމެދު ޝައްކު ކުރެވޭނެ ޖާގައެއް ނެތެވެ. ސަބަބަކީ މީގެ ކުރިންވެސް މިފަދަ ބަލިމަޑުކަން ފެތުރިގެން ދިޔައިރު، އެ ގައުމުން ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހޮސްޕިޓަލްތައް އަޅާ ފަރުވާދީފައެވެ.

މިގޮތުން 2003 ވަނަ އަހަރު ޗައިނާގެ ބޭޖިންގައި އެންމެ 6 ދުވަހުން 1،000 އެނދުގެ ހޮސްޕިޓަލެއްވަނީ އިމާރާތްކޮށްފައެވެ. އެ ހޮސްޕިޓަލް އިމާރާތް ކުރުމުގައި 7،000 މީހުން ހަރަކާތްތެރިވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!