ދެން ރެސިޕީ | ޗީޒް ޓޯސްޓެޑް ރޯލްސް
ބޭނުންވާ ތަކެތި:
250 ގ .( ޗީޒް ޗެޑަރ )
1 ޕާން
5 މޭޒުމަތީ ސަމުސާ ބަޓަރ ދިޔާކޮށްފައި
ޓޮމާޓޯ ސޯސް
ތައްޔާރުކުރާނެ ގޮތް:
ޗީޒް ކޮޅާއި ބަޓަރކޮޅު އެއްކޮށް ގިރާލާށެވެ.
ޕާން ފޮތިތަކުގެ ހަތަރު ފަރާތް އަރިމަތިން ކަފާލާށެވެ. ޕާން ފޮތި ތަކުގެ އެތެރޭގައި ސަމުސަލުން އެތި ކޮޅެއް ހާކާފައި އޮޅައިލާށެވެ.
ދެން ޓޫތް ޕިކަކުން ޕާން ރޯލު ހަރު ކޮށްލާފައި އެއްޗަކަށް އަޅާފައި މަތި ބަންދުކޮށްފައި 15 މިނިޓް ފްރިޖްގައި ބަހައްޓާށެވެ.
ޓްރޭއެއްގައި އަތުރާލާފައި ބަޓަރު ކޮޅެއް ދިޔާކޮށްފައި ރޯލުތަކުގެ ބޭރުގައި ހާކާލާފައި އަވަންގައި ފިހެލާށެވެ.
މި ރޯލްސް ޓޮމާޓޯ ސޯސްއާ އެކީ ވެސް ކެވިދާނެއެވެ. ނޫންނަމަ ތަންކޮޅެއް ކުޅިކޮށް ސޯސްގަނޑެއް ހަދާފައި އެއާ އެއް ކޮށްވެސް ކެވިދާނެއެވެ.
Ads by Allied Insurance