ރެސިޕީ

ދެން ރެސިޕީ | ޗިކަން ބާރގާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

6 ބާރގާ ބަނަސް

Ads by WAMCO

ބޯންލެސް ޗިކަން

5 މޭޒު މަތީ ސަމުސާ މެޔޮނައިސް
1/2 ސައި ސަމުސާ މުގުރި އަސޭމިރުސް
1/2 ސައި ސަމުސާ ގިތެޔޮ މިރުސް ހިމުން ކޮށް ކޮށާފައި ހުރި
2 ސައިސަމުސާ ލުނބޯހުތް ލޮނުކޮޅެއް
6 ފޮތި ފިޔާ
6 ފޮތި ޓޮމާޓޯ

6 ފޮތިި ޗީޒް

6 ފަތް ލެޓިއުސް

ބަޓަރ ކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ބަނަސް މެދުން ދެ ފަޅިކޮށްފައި ތުނިކޮށް ބަޓަރކޮޅެއް ހާކާލާށެވެ.

ތަވާ އުނދުން މައްޗަށް އުދާލާށެވެ. ހޫނުވީމާ ތެޔޮފޮދެއް އަޅާލާށެވެ. ބާރގާ ބަންއަށް ވާވަރަށް ކުކުޅު ކޮޅު ކޮށާފައި ރޯފިލުވާލާށެވެ. ރޯފިލުވާއިރު މައްޗަށް އަސޭމިރުސް، ގިތެޔޮ މިރުސް އަދި ލޮނު ކޮޅެއް ބުރުވާލާށެވެ. ކުކުޅުކޮޅު ތަވައިން ނެގުމަށް ފަހު ލުނބޯ ފިތާލާށެވެ.

ދެން ބަނަހުގެ އަޑިއަށްވާ ފަޅި މަތީގައި މަޔޮނެއިޒް ހާކާލުމަށްފަހު ކުކުޅުކޮޅު ބާއްވާލާށެވެ. ޓޮމާޓޯ ފޮއްޗަކާއި ފިޔާ ފޮއްޗެއް ( ބޭނުމިއްޔާ ) ބާއްވާލާށެވެ. އޭގެ މައްޗަށް ޗީޒް ސްލައިސް އާއި ލެޓިއުސް ފަތް އަޅާފައި ބަނަހުގެ އަނެއް ފަޅި ބާއްވާލާށެވެ.

ކާން ވީމަ އަވަނަށް ލައި ހޫނު ކޮށްލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!