ދެން ރެސިޕީ | މީރު ފޮނި އެއްޗަކަށް ޗޫރޯސް

ބޭނުންވާ ތަކެތި:
250ގ ބަޓަރ
250ގ ފުއް
6 ބިސް
225 އެމް.އެލް ފެން
½ ސައިސަމުސާ ލޮނު
ތެޔޮ (ތެލުލެވޭވަރު)
މުގުރި ފޮނިތޮށި(3 ސަމްސާ)
ހަކުރު ( 3 ސަމްސާ)
ޗޮކްލެޓް (މެލްޓްކޮށްފައި)
ތައްޔާރުކުރާނެ ގޮތް:
ތެއްޔަކަށް ފެން އަޅާފައި ކައްކަން އުދާލާށެވެ. ފެން ކެކިގަތުމުން ބަޓަރކޮޅު އަޅާފައި ދިޔާކޮށްލާށެވެ. ދެން ފުށް އަޅައިފައި ރަނގަޅަށް އެއްކޮށްލުމަށް ފަހު އުނދުންމަތިން ބާލާށެވެ. ކުޑަކޮށް ހިހޫވީމާ ބިސް ގިރާފައި އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ތަވާ އުނދުން މައްޗަށް އުދާލާފައި ތެޔޮ އަޅާފައި ކެކިގަތުމުން އައިސިން ބޭގަކަށް (ތަރި ނޮޒެލްއެއްހުރި) ފުށްކޮޅު އަޅާލާށެވެ. ތެޔޮ ތާހަކާ ދިމާކޮށްފައި ފިއްތާފައި 2 އިންޗީގެ ދިގުމިނަށް އަޅާފައި ބަޓާރ ވަޅިއަކުން ކަނޑާލާށެވެ.
ތެލުލެވުނީމާ ނަގައިފައި ހޫނުކޮށް ހުއްޓާ ހަކުރު އަދި ފޮނިތޮށި ރަނގަޅަށް އުނގުޅާލާށެވެ. މެލްޓްކޮށްފައި ހުރި ޗޮކްލެޓް ޖަހައިގެން ކާން ވަރަށް މީރުވާނެއެވެ.