"ރައްޔިތުންގެ އުއްމީދާ އެއްގޮތަށް ބޮޑުގޭގެ މިސްކިތުގެ މުސްތަގުބަލް ބައްޓަން ކުރުމަށް މަސައްކަތް ކޮށްދޭނަން"
މާފަންނުގެ ރައްޔިތުންގެ އުއްމީދާ އެއްގޮތަށް ބޮޑުގޭގެ މިސްކިތުގެ މުސްތަގުބަލް ބައްޓަން ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް މާލޭގެ އިންތިޚާބީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އެ މިސްކިތާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތައް އަޑު އެއްސެވުމަށާއި މިސްކިތުގެ ހާލަތު ބައްލަވާލެއްވުމަށް މިއަދު އެ މިސްކިތަށް ވަޑައިގަތުމަށް ފަހު ދެއްވި އިންޓަވިއުއެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ އެ ތަނުގެ މިސްކިތް އުވާލައި ، މުނިފޫހި ފިލުވާ ތަނަކަށް އެ ބިން ބޭނުން ކުރަން ސަރުކާރުން ވިސްނަވައިކަމުގެ ޚަބަރުތަކެއް ވެސް ލިބިފައިވާ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ބޮޑުގޭ މިސްކިތުގެ މުސްތަގުބަލް ބައްޓަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އެއް މައުލޫމާތަކަށް ލިބޭ މައުލޫމާތަކީ މިސްކިތް ނަގައި ، މިތަނަކީ މަޖާކޮށް ކުޅިވަރު ކުޅޭ ، މުނިފޫހިފިލުވާ ތަނެއްގެ ގޮތުގައި ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ކަމެއް ، އަޅުގަނޑާއި އަޅުގަނޑާ އެކީގައި ހޮވާފައި އޮތް ޓީމުގެ މަސައްކަތަކަށް ވާނީ މާފަންނު ދެކުނާއި މާފަންނު މެދާއި ޖުމްލަކޮށް މާފަންނުގެ ރައްޔިތުންގެ އުއްމީދާ އެއްގޮތަށް ބައްޓަން ކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުން" މާފަންނުގެ އެކި ދާއިރާތަކަށް ހޮވިވަޑައިގެންނެވި އައު ކައުންސިލަރުންނާއެކު އެ މިސްކިތަށް ވަޑައިގެން މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި ރައްޔިތުންގެ މަޝްވަރާ ހޯއްދަވާނެ ކަމަށާއި ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ސަރުކާރުގެ ތެރެއިން ކަންކަން ބައްޓަން ކުރުމަށް ބާރު އަޅާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ބޮޑުގޭގައި އަޅައިފައިވާ ވަގުތީ މިސްކިތަކީ މާފަންނުގެ ރައްޔިތުން ޚަރަދުކޮށްގެން ކެޕޭސިޓީ އިތުރުކޮށްފައިވާ މިސްކިތެކެވެ.
ދެނ މުއިއްޒު ކޮންމެހެން ހުސް އަނގަ ނުތަޅުވަ މަޑުން ހުރިއްޔާ ރަނގަޅު ވާނީ. ޞޮދުގޭ މިސްކިތްވެސް އަދި އެހްނ މިސްކިތްވެސް އަޅާނެ މިސަރުކާރުން. ދެވަނަ ޒިކުރާ މިސްކިތަކަށް ތިތަން ވާކަށް ކަލޭ އަތަކަށް ދުލެއް ނުކޮށްލާނެ. އެހެން ހީކުރެވެނީވިއްޔާ އެއީ ގޯހެއް. އަދި ބުނަން ކިންގް ސަލްމާން މިސްކިތުގެ ދެ ފަންގިފިލާ އަށް ވީގޮތް ވާކަށެއް އަމުދުން ތިތަނެއް ކަލެޔަކާ ޙަވާލެއް ނުކުރާނެ. މަދު ދުވަސްކޮޅޭއްގެ ތޭރޭގަ ކޯޓް ހުކުމް އަޑުއަހަން ތައްޔާރުވޭ އަވަހަށް.