ދެން ރެސިޕީ | ޗީޒީ ސޮސެޖް ރޯލް

ބޭނުންވާ ތަކެތި:
1 ބޮޑު ޕާން
1 ޕެކެޓް ޗީޒް
2 ސޮސެޖް ބޮނޑި (ފެނުކައްކާފައި/ ކުޑަކޮށް ތެލުލާފައި)
ބަޓަރު ކޮޅެއް
ތެޔޮ ފޮދެއް
ތައްޔާރުކުރާނެ ގޮތް:
ޕާންފޮތި ނެގުމަށް ފަހު ރޮށިދަމާ އެއްޗަކުން ޕާން ކުޑަކޮށް ދަމާލާނީއެވެ. އޭގެ ފަހުން ޕާނަށް ޗީޒް ފޮއްޗެއް ލާނީއެވެ. ޗީޒް ފޮތި ލާފައި ސޮސެޖެއް ލައި ޕާން ފޮތި އޮޅާލާނީއެވެ. ޕާން ފޮތި ނެއްޓުނަ ނުދިނުމަށް ޓަކައި ޓޫތު ޕިކެއް ބޭނުންކުރާށެވެ.
ފުރަތަމަ އެ ގޮތަށް ޕާނުގައި ހިމެނޭ ހުރިހާ ޕާން ފޮތިތައް ތައްޔާރުކޮށްލާށެވެ.
އެއަށް ފަހު ތަވަޔަކަށް ބަޓަރު ކޮޅަކާއި ތެޔޮ ކޮޅެއް އަޅައިލުމަށް ފަހު މަޑު ގިނީގައި ޕާންފޮތިތައް ފިހެލާށެވެ. ފްރައި ކޮށްލާށެވެ. ޗީޒްތައް ދިޔާ (މެލްޓް) ވާން ފެށުމުން ނަގާށެވެ.