ޚަބަރު

ވެހިކަލް ދުއްވުން މަނާ ވަގުތުގައި ކުރީގެ ފާސް ބޭނުން ކުރެވޭނެ : ފުލުހުން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ދެން އިމޭޖްސް: އިބްރާހިމް ޝަމްވީލް

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިންތިހާ ދަރަޖައަށް މައްޗަށް ދިއުމާ ގުޅިގެން، ދަންވަރު 12 އިން ފަތިހު 4 އަށް ވެހިކަލް ދުއްވުން މަނާ ކޮށްފައިވީ ނަމަވެސް ޑިއުޓީއަށް ދާ މީހުންނަށް އެންމެ ފަހުން ، ކާފިއު ހިންގި ދުވަސްވަރުގެ ފާސް ބޭނުން ކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19ގެ ކޭސްތައް ރިކޯޑް އަދަދަކަށް އިތުރުވުމާ ގުޅިގެން މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި ތިން 12 އިން 4 އަށް ތިން ގަޑިއިރަށް ދުއްވާ އެއްޗެހި ދުއްވުން މަނާ ކޮށްފައި ވަނީ އެ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

ކާފިއު ހިންގާ ވަގުތުތަކުގައި އަދި ވެހިކަލް މަނާ ވަގުތުގައި ޑިއުޓީއަށް ދާ މީހުންނަށް ފުލުހުން މީގެ ކުރިން ވެސް ވަނީ ހާއްސަ ހުއްދައެއް ދީފައެވެ. އަދި މި ފާސް ނެތް މީުންނަށް އެެ މީހަކު ވަޒީފާ އަދާކުރާ ތަނަކުން ފާހެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ވަނީ ވެހިކަލް ދުއްވުން މަނާ ވަގުތުގައި ހުއްދައަށް އެދިލެއްވުމަށް ޕޮލިސް ޕާމިޓް ބޭނުން ކުރެއްވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!