ވިޔަފާރި

އެސްޓީއޯ އިން ހެޔޮ އަގުގައި ވިއްކަމުންދަނީ މުއްދަތު ހަމަވާން ކައިރިވެފައިވާ ބިސްކޭސްތަކެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެސްޓީއޯއިން އަގު ހެޔޮކޮށްފައިވާ ބިސް ކޭސްތަކަކީ މުއްދަތު ހަމަވާން ކައިރިވެފައިވާ ބިސް ކޭސްތަކެއްކަން ހާމަޖެއްޖެއެވެ.

Ads by Sosun Fihaara

"ދެން" އަށް މަޢޫލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެސްޓީއޯއިން 100 ރުފިޔާއަށް ކޭހެއްގެ މަގުން ވިއްކަމުން އަންނަ ބިސް ކޭސްތަކުގައި ގިނަ އަދަދެއްގެ ކުނިވެފައިހުރި ބިސް ހުރެއެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

225 ރުފިޔާއަށް ވިއްކަމުން ދިޔަ ބިސް ކޭސް، 100 ރުފިޔާއަށް ހެޔޮ ކުރި ކަމަށް އެސްޓީއޯއިން ރޭ ވަނީ ޓްވީޓެއް މެދުވެރިކޮށް ބުނެފައެވެ. ނަމަވެސް ބިސް އަގު ހެޔޮ ކުރީ ކީއްވެގެން ކަމެއް އެސްޓީއޯގެ ޕޯސްޓްގައި ހާމަކޮށްފައެއް ނުވެއެވެ. ގިނަ ބަޔަކު ބުނަމުން ދަނީ މިގޮތަށް ކަންތައް ކުރުމަކީ އޮޅުވައިލުން ކަމަށް ބެލެވޭނެ ކަމަށެވެ.

އާއްމުކޮށް ބިސް ކޭހެއް މުއްދަތު ހަމަވަނީ 2 މަސް ދުވަހުގެ ފަހުންނެވެ. ނަމަވެސް ބިސް ކުނިވުމުގެ ކުރިން މުއްދަތު ހަމަވިޔަސް ބިސް ބޭނުން ކުރެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!