ޚަބަރު

ގޯހުންގޯހަށް ނުދަނީސް ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް މުޢިއްޒު އިލްތިމާސް ކުރައްވައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮވިޑާ ގުޅިގެން ގައުމުގެ ޙާލަތު ގޯހުން ގޯހަށް ނުދަނީސް ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް މާލޭގެ އިންތިޚާބީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ސަރުކާރަށް އިލްތިމާސް ކުރައްވައިފިއެވެ.

Ads by MWSC

މުޢިއްޒު މި އިލްތިމާސް ކުރެއްވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

މުޢިއްޒު ވިދާޅުވީ ވެކްސިންގެ ސްޓޮކް މަދުވެ ވެންޓިލޭޓަރު މަދުވެ ކޮވިޑަށް ފައްސިވުން އިތުރުވާ މި ޙާލަތުގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަން ޖެހެނީ ރައްޔިތުންގެ ސަލާމަތަށް ޓަކައި ކަމަށެވެ.

މުޢިއްޒު މިފަދައިން ޓްވީޓް ކުރައްވައިފައިވާއިރު ރާއްޖޭގައި ކޮވިޑަށް ފައްސިވާ ޢަދަދު މިވަނީ ބޮޑު ތަނުން އިތުރުވެފައެވެ. އެގޮތުން މިއަދު ވެސް 700 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. ބިރުބޮޑުވަމުންދާ ޙާލަތަށް ޓަކައި ފަރުކޮޅުފުށީގެ ފެސިލިޓީ ފުރި ވެލިދޫ ތައްޔާރީ ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ވެސް ފުރިފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކޮވިޑްގެ ނުރައްކާތެރިކަން އިތުރުވަމުން ދާތީ މުއިއްޒު ކުރީން ވަނީ ފަރުދީ ޒިންމާ އަދާ ކުރެއްވުމަށް ވެސް މާލޭގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.

Ads by Ooredoo
  1. އަބުދުލް ވާހިދު

    ބަލަގަ މުއީޒޫ ކަލޭމެން މަގުތަކައް މީހުން ނެރެ އެއްކޮއްގެންކުރި މަސަތްކަތުގެ ނަތީޖާ ނޫންތޯމިއީ ބޭރުގެ އެހީ ކީއްކުރަންހޯދާ އެއްޗެއްތަ އަދިވެސް މީހުން ގުނބޯ ހައްދައިގެން މަގުތަކައް އެއްރެވޭތޯ ބަލާ މާހެޔޮއެދޭކަމައް ހެދިގެން އުޅުނަކަސް އަހަރުމެނައް އެނގޭ ތިޔައީކިހާވަރެއްގެ ކާކުކަން…….

  2. ނުރަބޯ

    ރީނދޫ ފިކުރުގެ މީހުންނަކަށް ހެޔޮ ނަސޭޙަތެއް ދޭނެކަމެއް ނެތް ގަބޫލެއް ނުކުރާނެ.

  3. ޢަލީ

    އަބުދުލް ވާހިދު
    ކަންހިނގާ ގޮތްބަލާފަ ކޮމަންޓް ކުރުން ރަނގަޅުވާނެ ،
    ރާއްޖެއިންބޭރިން އަންނަ މީހުން (ކޮވިޑް ގެހިފަތިބިމީހުން) ބޭނުންރަށަކަށް ބޭނުންތާކަށް ދެވޭ ،
    އިންތިހަބު ބާއްވަންވީމަ ކަންކުރިގޮތް އެނގޭތަ ،
    ރައްޔިތުން ގަބޫލަ ނުކުރީ ސިޔާސީ ކުރީމަ،