ރެސިޕީ

ދެން ރެސިޕީ | ބޭކްޑް ޝަވަރުމާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

½ ޖޯޑު ޕްލެއިން ޔޯގަޓް

Ads by Sosun Fihaara

2 ލޮނުމެދު (ކުދިކޮށް ކޮށާފައި)

200 ގ. ބޯންލެސް ޗިކަން ބްރެސްޓް (ކުދިކޮށް ކޮށާފައި)

ރަހަލާވަރަށް ލޮނު

1 މޭޒުމަތީ ސަމްސާ ތެޅިމިރުސް (އިތުރަށް ކުޅިކުރަން ބޭނުންނަމަ އިތުރުކުރެވިދާނެ)

½ މޭޒުމަތީ ސަމްސާ އަސޭމިރުސް

½ މޭޒުމަތީ ސަމްސާ ދިރި

ކުޑަ ތެޔޮކޮޅެއް

1 ދަޅު ނެސްލޭ ކުރީމް

3 މޭޒުމަތީ ސަމްސާ މަޔޮނައިސް

3 މޭޒުމަތީ ސަމްސާ ކްރީމް ޗީޒް

1 ލޮނުމެދު (ކުދިކޮށް ކޮށާފައި)

ކުޑަ ތެޅިމިރުސް ކޮޅެއް

ކުޑަ ޕާނެއް (ކައިރި ފަށް ނަގާފައި)

ފްރެންޗް ފްރައިިސް

1 ޖޯޑު މޮޒަރެއްލާ ޗީޒް

ތައްޔާރުކުރާނެ ގޮތް:

ތައްޓަކަށް ކުކުޅުކޮޅު އެޅުމަށްފަހު އޭގެ ތެރެއަށް ޕްލެއިން ޔޯގަޓް އަދި ކުދިކޮށްފައި ހުރި ލޮނުމެދު، ލޮނު، ތެޅިމިރުސް، އަސޭމިރުސް، ދިރި އަދި ތެޔޮ ކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި މެރިނޭޓް ކުރުމަށް ފުރިޖުގައި 2 ގަޑިއިރު ބަހައްޓާށެވެ.

މެރިނޭޓް ކުރުމަށްފަހު ކުޑަ ތެޔޮ ކޮޅެއްގައި މި ކުކުޅުކޮޅު ރޯފިލުވާލާށެވެ.

ސޯސްގަނޑު ތައްޔާރުކުރުމަށް އިތުރު ކޮންޓެއިނަރަކަށް ނެސްލޭ ކުރީމް، މަޔޮނައިސް، ކްރީމް ޗީޒް، ލޮނުމެދު އަދި ތެޅިމިރުސްކޮޅު އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު އެއް ފަރާތެއްގައި ބަހައްޓާލާށެވެ.

ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު ކައިރިފަށް ކަފާފައި ހުރި ޕާންފޮތިތައް އަތުރާލާށެވެ. ޕާން ފޮތިތައް އަތުރާއިރު ޓްރޭގެ ފޫ އެއްކޮށް ފޮރުވޭނެ ގޮތަށް އަތުރާލަން ހަނދާން ބަހައްޓަންވާނެއެވެ.

މި ޕާންފޮތިތަކުގެ މައްޗަށް ކުރިން ތައްޔާރުކުރި ސޯސްގެ އެތިކޮޅެއް އެޅުމަށްފަހު ޕާންފޮތިތަކުގައި ރަނގަޅަށް ހާކާލާށެވެ. އަދި އޭގެ މައްޗަށް ކުކުޅުކޮޅު އަދި ފްރެންޗް ފްރައިސް އެޅުމަށްފަހު އޭގެ މައްޗަށް ޗީޒް އަޅާލާށެވެ.

މިގޮތަށް ލޭޔާރ ހަދަމުން ރިޕީޓް ކުރަމުން ގެންދާށެވެ. އެންމެ މަތީގައި ހުންނަންވާނީ ޗީޒް އެވެ.

އަވަން 180 ޑިގްރީ ސެލްސިއަސްގައި ހޫނު ކުުރުމަށްފަހު މި ޓްރޭ އަވަނަށްލުމަށްފަހު ޗީޒް ކޮޅު މެލްޓުވަންދެން ފިހެލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!