ޚަބަރު

ކޮވިޑް-19: 48 ގަޑިއިރު ތެރޭ 8 ވަނަ މަރު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ އަންހެނެއް މިއަދު ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު މެންދުރު 2:46 ގައި ނިޔާވި އުމުރުން 81 އަހަރުގެ މި އަންހެން މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި ފަރުވާ ހޯދަމުން ގެންދިޔަ ދިވެއްސެކެވެ.

މިއާއެކު މިއީ ރާއްޖޭގައި ކޮވިށް ބަލިން ނިޔާވި 82 ވަނަ މީހާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!