ޚަބަރު

9 ރަށެއްގެ ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ނުވަ ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ޢިއުލާން ކޮށްފިއެވެ.

Ads by MWSC

ޖޭއެސްސީން މިއަދު ބުނީ 9 ރަށެއްގެ މެޖިސްޓްރޭޓުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާފައިވާނެ ކަމަށެވެ. އެގޮތުން 5 ރަށެއްގެ ކޯޓުތަކަށް އިސް މެޖިސްޓްރޭޓުން ހޯދުމަށާއި 4 ރަށެއްގެ ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ.

އިސް މެޖިސްޓްރޭޓުން ހޯދަން ޢިއުލާންކޮށްފައި ވަނީ، ފ.ފީއަލީ، ގއ.ކޮލަމާފުށި، ވ.ކެޔޮދޫ، ގދ.ފަރެސްމާތޮޑާ މިރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށެވެ. އަދި މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފައި ވަނީ، ހއ.ދިއްދޫ، ވ.ފެލިދޫ، ށ.ފުނަދޫ، ބ.އޭދަފުށި، ފުވައްމުލަކު ސިޓީގެ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.

މެޖިސްޓޭޓުން ހޯދަން އިއުލާންކޮށްފައި ވަނީ ފ.ފީއަލީ، ގއ.ކޮލަމާފުށި، ގއ.މާމެންދޫ، ގދ.ފަރެސްމާތޮޑާ އަދި ފުވައްމުލަކު ސިޓީގެ ކޯޓުތަކަށެވެ .

މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ވަނަދުވަހުގެ ނިޔަލަށް ޖޭއެސްސީން ވަނީ ހުޅުވައިލައިފައެވެ. އަދި މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ލިޔުންތައް ހުށައަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށްކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!