ރެސިޕީ

ދެން ރެސިޕީ | ޓޫނާ ސޭންޑްވިޗް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާނެ ތަކެތި:

1/3 ޖޯޑު މެޔޮނައިޒް
1/2 ލުނބޮލުގެ ހުތް
ލޮނު / މުގުރި އަސޭމިރުސް
1 ދަޅު މަސް (ފެން މަސްދަޅު، ފެންތަށް ހުސްކޮށްފައި)
2 ޑީލް ޕިކަލް (ކުދިކޮށް ކޮށާފައި)
1 މެދު ސައިޒްގެ ފިޔާ (ކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ޕާސްލީ (ކުދިކޮށް ކޮށާލާފައި)
8 ފޮތި ޕާން
2 މޭޒުމަތީ ސަމުސާ ބަޓާ
1 ޓޮމާޓޯ (ތުނިކޮށް ފޮތިކޮށް ކޮށާފައި)
8 ފޮތި ޗީޒް

Ads by WAMCO

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ, އަވަން ހޫނުކުރަން ޖައްސާށެވެ. ބޯތައްޓެއްގައި މެޔޮނައިޒް، ލުނބޯ ހުތް، ލޮނު، އަސޭމިރުސް ރަގަނޅަށް އެއްކޮށްލުމަށްފަހުއޭގެ ތެރެއަށް މަސްކޮޅާއި މެޔޮނައިޒް އަޅާ ރަގަޅަށް އެއްކޮށްލާށެވެ. ދެން މި ހުރިހާ އެއްޗެއްގެ ތެރެއަށް ޕިކަލް، ފިޔާ އަދި ޕާސްލީތައް ވެސް އަޅައިލުމަށް ފަހު އެއްކޮށްލާށެވެ.

ޕާންފޮތިތަކުގެ ތެރެއިން އެއްފަޅީގައި ބަޓަކު ކާތާލާށެވެ. އަދި ބަޓަރު ނުކާއްތާ ފަޅީގެ މައްޗަށް މަސްގަނޑުގެ އެތިކޮޅެއް އަޅާ ފަތުރާލާފައި އޭގެ މަތީގައި ދެ ޓޮމާޓޯ ފޮތި އަދި ޗީޒް 2 ފޮތި ބާއްވާލުމަށްފަހު ބަޓަރު ކޭއްތި ފަޅި ބަންޑުން ވާގޮތަށް އެހްނެ ޕާން ފޮއްޗެއް ބާއްވާލަށެވެ. ހުރިހާ ޕާނެއް ހުސްވަންދެން މިހެން ކުރިޔަށް ގެންދާށެވެ.

ސޭންޑްވިޗްތަށް ތައްޔާރުވުމުން އަވަން ޓްރޭއެއްގެ މަތީ ބޭކިން ޝީޓް އެޅުމަށްފަހު ސޭންޑްވިޗްތައް އަތުރާލާށެވެ. އަދި އަވަނުގެ ތެރެއަށްލާ 5-8 މިނެޓާ ދޭތެރޭ ފިހެލާށެވެ.

* ނޯޓް : ބޭކިން ޝީޓް ނުލިބިއްޖެނަމަ ޓްރޭގައި ބަޓަރު ހާކާ، ފުށްއަޅާ ފެތުރުމަށްފަހުވެސް ފިހަން ލެވިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!