Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނަން ނެގުމުން އަދީބު ފައިސާ ދެއްވާނެ ކަމަށް ޒިޔަތުގެ ޓީމުން ބުނި: ޑރ.އިޔާޒް

ނަން ނެގުމުން އަދީބު ފައިސާ ދެއްވާނެ ކަމަށް ޒިޔަތުގެ ޓީމުން ބުނި: ޑރ.އިޔާޒް

2014 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރައްވައި ނަން އަނބުރާ ނެގުމުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފައިސާ ދެއްވާނެ ކަމަށް ހަސަން ޒިޔަތުގެ ކެންޕެއިން ޓީމުން ބުނި ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓުގައި ނަން އޮތުމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. އަދި މީޑިއާތަކަށް އިއްޔެ އޭނާ ވިދާޅުވީ، އެއީ 2014 ވަނަ އަހަރު ހުޅު ހެންވޭރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރިއިރު ކެމްޕެއިނަށް ހަރަދުކުރަން ދިން ފައިސާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއެއް ހޯއްދަވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން "ދެން" އާ ވާހަކަ ދައްކަމުން އިޔާޒް ވިދާޅުވީ، 2014 ވަނަ އަހަރު ހެންވޭރު ދާއިރާއަށް ހަސަން ޒިޔަތުއާ ވާދަ ކުރެއްވި ކަމަށާއި އަދި އިންތިޚާބުގެ ކުރިން ޒިޔަތުގެ ޓީމުން އެމަނިކުފާނާ ބައްދަލުކޮށް ނަން ނެގުމަށް ދެންނެވި ކަމަށެވެ.

Advertisement
Allied Insurance — Square (box)

"އަޅުގަނޑު ކައިރީ ހަސަންގެ ޓީމުން އެދުނީ ނަން އަބުރާ ނަގަން. އޭރުން ރަނގަޅު ބަދަލެއް ދޭނެ ކަމަށް ބުނި." އިޔާޒް ވިދާޅުވިއެވެ.

ބަނދަލު ދެނީ ކިހިނެތްތޯ އަދި ފައިސާ ހޯއްދަވަނީ ކިހިނެތްތޯ ސުވާލު ކުރެއްވުމުން، ފައިސާ ދެއްވާނީ އަދީބުއޭ ވިދާޅުވި ކަމަށް އިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑު ބުނިން އަދީބު ކޮންތާކުން ނެރޭ ފައިސާއެއްހޭ. ރައްޔިތުންގެ ފައިސާ ތިގޮތަށް ނުތަޅާށޭ" އިޔާޒް ވިދާޅުވިއެވެ.

އިޔާޒް އިތުރަށް ވިދާޅުވީ، ޒިޔަތަށް ދިން ނަސޭހަތް ހަނދާން ހުންނާނެ ކަމަށް ހީފުޅު ކުރައްވާ ކަމަށާއި މީހުންގެ ދަޅައަށް ނުހެއްލި ދުނިޔެއަކީ ވަގުތީ ތަނެއް ކަމަށާއި ދާއިމީ މަންޒިލް ބާއްޖަވެރި ކުރެވޭނީ ހަލާލު ފައިސާ ހޯދައިގެންކަން ވިސްނަން ޖެހޭ ކަމަށެވެ.

މަޤާމުން ޒިޔަތު މިއަދު އިސްތިޢުފާ ދެއްވާފައިވާއިރު، ޒިޔަތު އިސްތިއުފާ ދެއްވީ އެއީ ތަހުޒީބު މުޖުތަމައުތަކުގައި ކަން ކުރާ ގޮތް ކަމަށެވެ. އަދި އެ ލިސްޓުގައި ނަން އޮތުމުން އެ ގެއްލެނީ މުޅި އޮފީހުގެ ކަރާމާތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް