ޚަބަރު

ބަނދަރުގައި ހާދިސާއެއް ހިނގައިފައެއް ނުވޭ: އެމްޕީއެލް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި އެއްވެސް ހާދިސާއެއް ހިނގައިފައި ނުވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

Ads by MWSC

މިއަދު މީސްމީޑިއާގައި ޕޯސްޓް ލިމިޓެޑްގެ ބަނދަރުގައި އޮތް ބާޖަކުން މީހަކު ސްޓްރެޗަރަކަށް އެމްބިއުލާންސްއަށް އަރުވާ ވީޑިއޯއެއް ވަނީ ދައުރުވެފައެވެ.

މިކަމާ ގުޅިގެން އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް ވިދާޅުވީ އެމްޕީއެލް ތެރޭގައި އެއްވެސް ހާދިސާއެއް ހިނގާފައި ނުވާ ކަމަށާއި ފެންމުންދާ ވީޑިއޯއަކީ މަސައްކަތުގައި އުޅެނިކޮށް އުނަގަނޑަށް ތަދެއް އަރައިގެން އެ ވާހަކަ ބުނުމުން ފަރުވާއަށް ގެންދާ މަންޒަރު ކަމަށެވެ.

ދާނިޝް ވިދާޅުވީ އެމީހާ 15:20 ހާއިރު ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އިތުރު އަނިޔާއެއް ލިބިފައިނުވާތީ ބޭސް ދިނުމަށްފަހު މިހާރު އެމީހާ މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ. އަދި އޭނާ ގެންދިޔައީ އޮބްޒަވޭޝަނަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އެމްޕީއެލްގެ ބަނދަރުގައި ނުރައްކާތެރި ހާދިސާތައް ހިނގާތީ އެކުންފުނިން ވަނީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އިތުރު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!