ޚަބަރު

އަދީބުގެ ވަކީލުކަން ފަހުން ކުރި ފަރާތްތަކަށް ދިން ފައިސާއަކީ ޚިޔާނާތުގެ ފައިސާއަކަށް ނުވި: އުޝާމް

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީގެން 2014ގެ ކުރީކޮޅު ޤާނޫނީ ވަކީލް އަދި މަޖިލިސް މެމްބަރު ޢަލީ ޙުސައިންއަށް ދިން ފައިސާއަކީ ޚިޔާނާތުގެ ފައިސާކަމަށް ވެފައި ޚިޔާނާތުގެ ކަންކަން ފަޅައިއެރި ފަހުން އަދީބުގެ ވަކީލުކަން ކުރި ފަރާތްތަކަށް ދިން ފައިސާއެއީ ޚިޔާނާތުގެ ފައިސާއަކަށް ނުވި ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިކަން ފާހަގަ ކުރައްވައި ކުރެއްވި ޓްވީޓެއްގައި ، މިކަން ކިހާ އިންސާފުވެރިތޯ އުޝާމް ސުވާލު ކުރައްވައިފައި ވެއެވެ.

އުޝާމް މިފަދައިން ޓްވީޓް ކުރައްވައިފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން މަންފާ ލިބުނު މީހުން ކަމަށް ބުނާ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކުރައްވައިފައި ވަނިކޮށެވެ. މި ލިސްޓްގައި ޤާނޫނީ ވަކީލް ޢަލީ ޙުސައިން ހިމެނެއެވެ. ޢަލީ ޙުސައިން ވިދާޅުވެފައި ވަނީ އޭނާ ފޯރުކޮށްދިނީ ޤާނޫނީ އެހީތެރިކަން ކަމަށާއި ޚިޔާނާތުގައި ބައިވެރިނުވާ ކަމަށެވެ.

އަދީބުގެ ވަކީލުންގެ ގޮތުގައި ފަހުން ހަރަކާތްތެރިވީ މިހާރުގެ ޕްރޮސެކިޔުޓަރ ޖެނެރަލް ޙުސައިން ޝަމީމްއާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. ޚިޔާނާތުން މަންފާ ލިބުނު މީހުންކަމަށް ބުނާ ލިސްޓްގައި އެ ދެ ބޭފުޅުންގެ ނަން ހިމެނިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!