ޚަބަރު

ޕާޓީގެ ހަރަކާތްތަކަށް އަދީބު ހޯދައިދިނީ ޚިޔާނާތުގެ ފައިސާކަމެއް ނޭނގޭ: އިދިކޮޅު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕީޕީއެމްގެ ހަރަކާތްތަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯދައިދިނީ ޚިޔާނާތުގެ ފައިސާކަމެއް ނޭނގޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

Ads by MWSC

އެ ކޯލިޝަންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޢާންމު ގޮތެއްގައި ޕާޓީތަކުން ހިންގާ ޙަރަކާތްތަކާއި އިންތިޚާބުތަކަށް ޚަރަދު ކުރާ ފައިސާ ޕާޓީ ތަކުން ހޯދަމުން ގެންދަނީ ހެޔޮ އެދޭ ފަރާތްތަކުން އެ ޕާޓީއަށް ދެމުން ގެންދާ ފައިސާއިން ކަމަށާއި އެގޮތުން އެ ޕާޓީއަށް ވެސް އެކި ފަރާތްތަކުން ފައިސާ ދެމުން ގެންދާ ކަމަށެވެ.

ޕާޓީގެ އިވެންޓުތަކާއި ދަތުރުތައް ކުރުމުގެ އިތުރުން އިންތިޚާބުތަކުގައި ބައިވެރިވެފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ހެޔޮ އެދޭ ފަރާތްތަކުން ދެމުން ގެންދާ ފައިސާ ޚަރަދުކޮށްފައި ވާނެ ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ.

"އޭރު ޕާޓީއަށް ފަންޑު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އެއްފަރާތަކީ ޕީޕީއެމްގެ އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބެވެ. އަދި އޭނާ ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ޚިޔާނާތުގެ ފައިސާ ހިމެނޭކަމެއް ޕާޓީއަށް އެނގިފައެއް ނުވެއެވެ. ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދިޔަ ފައިސާ ވެސް އޭނާ މެދުވެރިކޮށް ފޮނުވަމުން ގެންގޮސްފައިވާކަން ފާހަގަ ކުރަމެވެ" އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤުކޮށް ނެރެފައިވާ ލިސްޓާއި މިހާރު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއާއި ހިއްސާކޮށް ޢާންމުކޮށްފައިވާ ލިސްޓާ ތަފާތުތަކެއް ހުރުމުގެ އިތުރުން، އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުން ބައެއް ނަންތައް އުނިވެ އިތުރުވެފައިވާ ގޮތާމެދު އޮޅުވާލުންތަކެއް އެކުލެވިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އިދިކޮޅު ކޯޅިޝަނުން ވަނީ ފާޅުކޮށްފައެވެ.

Ads by HDC
  1. އަލީ

    އަދިވެސް ނޭންގެ؟

  2. ކެޔޮޅު

    ތީ ކީ ގަބޫލު ކުރެވޭ ވާހަކައެއް ނޫން.

  3. ހުދުހުދު

    ކީއްވެ ނޭނގެންވީ.އެނގޭނެ. އޭނާ އަކީ ފައިސާވެރިއެއްތަ؟ބަލަ ކުއްލިއަކަށް އަދީބު ނިދާފަ އޮއްވާ މަތިން ފައިސާ ފޭބީތަ؟ އޭނާ ލައްވާ ޔާމީނު ވައްކަން ކުރުވީ.ދިވެހިން މޮޔަކަމަށް ހީކުރަނީތަ؟ ވަރަށްބޮޑަށް ސޮރީ.ގަޅި ވާހަކަ ނުދައްކާ.

  4. ހުދުވާ

    ހެޔޮ އެދޭ ކާކުތޯ ބިލިޔަން ރުފިޔާ ހަރަދުކުރަނީ ޕޕއައް ތި ހުސް ވަގުން ކޮޅުގޮހޮރައްކައިގެން ތިތިބީ އެންމެން