ދުނިޔެ

ކުޑަކުދިންނަށް ވެކްސިން ޖެހުން ފަސް ކުރުމަށް ޑަބްލިއުއެޗްއޯއިން ގޮވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުން ފަސް ކުރުމަށް ޑަބްލިއުއެޗްއޯއިން ގޮވައިލައިފިއެވެ.

Ads by Sosun Fihaara

ޑަބްލިއުއެޗްއޯއިން ބުނީ ގިނަ ގައުމުތަކުން ވެކްސިން ހުސްވެފައިވާ ކަމަށާއި، އެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު ވެކްސިން ޖަހަން ހުއްދަ ދިނުމާއެކު، ތަނަވަސް ގައުމުތަކުން ގިނަ އަދަދަކަށް ވެކްސިން ގަނެފައިވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ކުޑަކުދިންނަށް ބަލިން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެކްސިން ޖަހަން ފަށަން ގިނަ މީހުން ބުނަމުންދާއިރު އެކަމުގެ މަޝްވަރާތައް ވެސް ޑަބްލިއުއެޗްއޯއިން ވަނީ ކޮށްފައެވެ. އަދި ބައެއް ގައުމުތަކުގައި 16 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެހެންނަމަވެސް މި ދަނޑިވަޅަކީ ބައެއް ގައުމުތަކުގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ދުވަސްވަރަކަށް ވެފައި ވެކްސިން ހުސްވެފައިވާ ގައުމުތައް ގިނަ ކަން ފާހަގަކޮށް ޑަބްލިއުއެޗްއޯއިން ބުނީ ކުޑަކުދިންނަށް ވެކްސިން ޖެހުން ފަސްކުރަން ޖެހޭކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަން ފެތުރުނުތާ މިހާރު 2 އަހަރާ ގާތްވަމުންދާ އިރު ، ފުރަތަމަ އަހަރަށް ވުރެ މި އަހަރު ބަލި ފެތުރޭ މިންވަރު ހަލުވި ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. މީގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ގައުމަކަށް އިންޑިއާ ވަނީ ވެފައެވެ. ކޮންޓްރޯލެއް ނެތި އެތައް ބަޔަކަށް ބަލި ޖެހި، ސިއްޙީ ނިޒާމަށް ބޮޑެތި ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!