ޚަބަރު

އިސްރާއީލުގެ އުފެއްދުންތައް އެތެރެ ނުކުރެވޭ ގޮތަށް އޮތް ނިންމުން އަދިވެސް ތަންފީޒް ކުރަން: ފައްޔާޒު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް/ ފޮޓޯ: ސަންގު

އިސްރާއީލުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެ ނުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖެއަށް އިސްރާއީލުން އުފައްދާ ތަކެތި އެތެރެ ކުރުން އެންމެ ފުރަތަމަ މަނާކޮށްފައި ވަނީ 2014 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިހާތަނަށް އިސްރާއީލުން އެއްވެސް މުދަލެއް ރާއްޖެއަށް އެތެރެކޮށްފައެއް ނުވެއެވެ.

މިރޭ އޮންލައިން ނޫހަަކަށް ދިން އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ، "މޭޑް އިން އިސްރާއީލް" ގެ އެއްވެސް މުދަލެއް އެތެރެ ނުކުރެވޭނެ ކަމަށާއި ނަމަވެސް ހަމައެކަނި އިސްރާއީލުން ލިބޭ ބައެއް ބޭސް،. ބައެއް ހާލަތްތަކުގައި ޚާއްސަ ހުއްދައިގެ ދަށުން އެތެރެ ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން މިގޮތަށް ނިންމައިފައި ވަނީ ދިވެހި ރާއްޖެ ފަލަސްތީނާއެއްކޮށް އޮތްކަން ރަމްޒުކޮށްދިނުމަށް ކަމަށާއި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނާއެކުގައި ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެއާއެކު ގުޅުން ބަދަހި ކުރަން އިސްރާއީލުން ވަނީ މަސައްކަތްކޮށްފައެވެ. މިގޮތުން ރާއްޖޭގައި އިސްރާއީލުގެ ފްލައިޓް ޖެއްސުމުގެ ހުއްދައަށް އިސްރާއީލު ސަރުކާރުން ވަނީ އެދިފައެވެ. ނަމަވެސް ދިވެހިންގެ އެކަމާ ދެކޮޅަށް އަޑު އުފުލުމުން އޭރު އެކަން ކުރެވޭ ގޮޮތް ވަނީ ނުވެފައެވެ. އޭގެ ފަހުން ޣައްޒާއަށް އޭރު އިސްރާއީލުން ދެމުން ދިޔަ ހަމަލާތަކުގެ ސަބަބުން އިސްރާއީލާއެކު ބާއްވަމުން އައި ހުރިހާ ގުޅުމެއް ، 2014 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ނިމުމަކަށް ގެނެސްފައެވެ.

Ads by Ooredoo
  1. ޖާނޭ

    ކޮކާ ކޯލާއާއި ކުޑަކުދިންނަށް ޚާއްޞަ “ޖޯންސަން އެންޑް ޖޯންސަން” ގެ ބާވަތް ތަކަކީ އިޒަރޭލްގެ ޕްރޮޑަކްޓް. އެތަކެތި އަދިވެސް ރާއްޖެއަށް ހައި ނުކޮށް އެތެރެ ކުރޭ.