ޚަބަރު

ގައުމީ ސަލާމަތާގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ: އާދަމް ޝަރީފް

ދެން އެމްވީ ، ދެން އޮންލައިން

ގައުމީ ސަލާމަތާގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެމްއެންޑީއެފް އިން ވަނީ ރޭ 19:00 ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ2" އަށް ބަދަލުކޮށްފައެވެ. އެމްއެންޑީއެފްގެ ސްޓޭޓަސް "ޔެލޯ2" އަށް ޖައްސާނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާން ކަމަށް ބުރޫއަ އަރާ ފަދަ ކަމަކާ ކުރިމަތާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.-

މިކަމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ގައުމީ ސަލާމަތާއި، ފަރުދުންގެ ރައްކާތެރި ކަމަކީ އެންމެ ސީރިއަސް ކަންކަން ކަމަށެވެ.

"މިރިނުވެ ގޮބަޅި ކާށިވާގޮތަށް، ގައުމީ ސަލާމަތާއި ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ސްޓޭޓަސް "ޔެލޯ2" އަށް ޖެއްސި ނަމަވެސް އެއީ ކަނޑަ އެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތްރޭޓެއް އޮވެގެން އެޅި ފިޔަވަޅެއްނޫން ކަމަށާ އެލާޓް ސްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!