ޚަބަރު

"ބާޒާރުމަތިން ލާރި ހޯދައިގެން ކޯޓް ގަތްމީހަކު ދޭ ލާރިއަކީ ދައުލަތުގެ ފައިސާކަން އެނގެން ޖެހޭ"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ ޚިޔާނާތުގެ ފައިސާ ހިފި ފަރާތްތައް، ފައިސާގައި ހިފައިފައި ވަނީ އެއީ ޚިޔާނާތުގެ ފައިސާކަން ނޭނގޭތީ ކަމަށް، އެ ލިސްޓްގައި އޮތް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެއެމްޕީއާރސީގެ މައްސަލަ ދިރާސާކޮށް މިއަދު މަޖިލީހަށް ހުށަހެޅުއްވި ރިޕޯޓަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، މިއަދު ރާއްޖޭގައި ހިތަށް ވެސް ނާރާވަރުގެ ބޮޑެތި ވައްކަންކޮށްފައިވާ ކަމަށެވެ. އަދި އަދީބަށް ޓޫރިޒަމް މިނިސްޓަރުކަން ލިބިވަޑައިގެންނެވިއިރު އަތުގައި ކޯޓުފަޓުލޫނެއް ގަންނާނެ ލާރިވެސް ނެތް ކަމަށާއި އަދީބު އަތުން ލާރި ނެންގެވިއިރު، އަދީބަށް މުއްސަނދިކަން ލިބުނު ގޮތެއް ފައިސާ ނެގި މީހުން ބަލަން ޖެހޭ ކަމަށެވެ. އަދި އެއީ ދައުލަތުގެ ފައިސާކަން ނޭނގޭނީ ބުއްދި ހަމަނުޖެހޭ މީހުންނަށް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"އޭރު އަދީބު ހުވާ ކުރައްވައިގެން ލާނެ ކޯޓްގަނޑެއް ނެތިގެން ބާޒާރުމަތިން މީސްމީހުންއަތުން ކޯޓް ގަންނަން ލާރި ހަމަކުރީމަ، އަދީބު ދެއްވި ލާރިއަކީ ދައުލަތުގެ ލާރި ނޫން ކަމަށް ބަލައިގެން ތިބި ބަޔަކީ ބުއްދި ހަމަނުޖެހޭ މީހުން ކަމަށް ބަލަން ޖެހޭ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އަދީބުގެ މައްސަލައެއް ފުރަތަމ ފަހަރަށް ބައްލަވަން އެމަނިކުފާނު އިންނެވި މާލިއްޔަތު ކޮމިޓީއަށް ޗިޓް ފޮނުވިކަމަށެވެ. އެ ހިސާބުން ޔޫރިން މައްސަލައެކޭ ބުނެ ޖަލަށްލި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޚިޔާނާތުގެ މައްސަލައިގައި ޖާބިރު ވަނީ ސާބިތުވާ މައްސަލަ ބެލުމަށް ރައީސް ޞާލިހްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި މިއަދު ރައްޔިތުން ކަރަންޓާއި ފެންބިލު ނުދެއްކޭ ހާލަތެއްގައި ތިބިއިރު، މިފަދަ ޚިޔާނާތުގެ މައްސަލަ ރައްޔިތުންނަށް ޓަކައި ބަލަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ޚިޔާނާތުގެ ފައިސާ ހިފި ފަރާތްތައް މިއަދު ލަދުގަންނަން ޖެހޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"އެބޭފުޅުން ލަދުގަންނަން ޖެހޭނެ މިހާރު. ދައުލަތުން ސޮވެރިން ގެރެންޓީ ނަގާ، އަދީބުއަށް ކޭކް ކާންދީގެން ރަށްތައް ނަގައި އެތާންގައި ހިންގީ ޖަރީމާއެއް" ޖާބިރު ވިދާޅުވިއެވެ.

Ads by Ooredoo
  1. ނަރެލް

    ޕީޕީ ކުދިންނަށް ކެވުނީ މަސް ކަމެއް ކާށިކަމެއް ނޭންގުނޯ

  2. ބަނގުރާ ހުރިހާ ނުބައި ކަމެއްގެ އަސްލު، އެންމެ ހުތުރު އަޑަކީ ހިމާރުގެ އަޑު !