ލައިފްސްޓައިލް

ހަރުކަށިފިކުރު ހޯދާ އޮޕަރޭޝަން: އަންހެނަކު ބުރުގާ ނާޅާ އިންދާ ގޭ ތެރެއަށް ވަދެ، ނަފްސާނީ ބިރުވެރިކަމަކަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ބޮޑު ސިހުމެއް ގެނުވި، އަދި އަޅުގަނޑުމެން އެންމެން ވެސް ހިތާމަކުރާ ހާދިސާއެކެވެ. އެ ހަމަލާއާ ގުޅިގެން ފުލުހުން ހޯދި ހޯދުންތަކަށް ފަހު، ނޫސް ކޮންފަރެންސެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ރާވައި، ހަމަލާދޭން ރޭވީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

Ads by STELCO

އެއަށް ފަހު ފުލުހުންނާއި ސިފައިން ގުޅިގެން، ރާއްޖޭގެ ސެކިއުރިޓީ ލެވެލް މަތިކުރިއެވެ. އަދި ހަތިޔާރާއެކު މަގުތަކުގައި ހަރަކާތްތެރިވުމުގެ އިތުރުން، "ހަރުކަށި ފިކުރު" ހޯދުމުގެ އޮޕަރޭޝަނެއް ވެސް ފެށިއެވެ.

އެ އޮޕަރޭޝަންގައި ބައެއް މީހުން ވެސް ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް ރޭ ފުލުހުންގެ ފަރާތުން ކަންތައްވީ ގޮތަކުން، ބައެއް އާންމު ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހުޅުމާލޭގެ އެޕާޓްމަންޓަކަށް ރޭ ފުލުހުން ވަދެފައިވާ ގޮތުން އެ އާއިލާއިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަންހެނަކު ބުރުގާ ނާޅާ އިންދާ ގޭ ތެރެއަށް ފުލުހުން ވަދެފައިވާ ކަމަށް އެ އާއިލާއިން ވަނީ ބުނެފައެވެ.

ހާދިސާ ހިނގިގޮތް ތަފްސީލުކޮށް "ދެން" އަށް ކިޔައިދެމުން، މި ހާދިސާ ކުރިމަތިވި މަރިޔަމް ނިޝާ ބުނީ މި ހާދިސާ ހިނގާފައި ވަނީ ރޭގެ 9:30 ހާއިރު ކަމަށެވެ.

"އުމުރުން 7 އަހަރުގެ ދަރިފުޅު ގޮވައިގެން އަޅުގަނޑު އިނީ ފިލްމެއް ބަލަން. އޭރު 5-6 ވަރަކަށް ފިރިހެނުން ޕީޕީއީ ހެދުން ލައިގެން ހަތިޔާރު (ބަޑި) ހިފައިގެން އައިސް ގެއަށް ވަނީ. އެންމެ ފުރަތަމަ ދުށިން ދޮރު ހުޅުވަން ވެގެން ތަޅު އަނބުރަނިކޮށް. އަޅުގަނޑު ބުނިން މަޑުކޮށްލާށޭ ބުރުގާ އަޅަން ދެން. އާދޭސް ކުރިން ބުރުގާ އެޅުމުގެ ކުރިން ދޮރު ނުހުޅުވަން. އެވަރުން ވެސް އެމީހުން ކުއްލިއަކަށް ދޮރު ހުޅުވައިފައި އެތެރެއަށް ވަނީ." ނިޝާ ބުންޏެވެ.

ނިޝާ ބުނީ ފުލުހުންގެ އެ އަމަލުން އޭނާއާއި އޭނާގެ ދަރިފުޅަށް ކުއްލި ސިހުމެއް ލިބުނު ކަމަށެވެ. ބުރުގާ ނާޅާ، އައުރު ނިވާ ނުކުރެވި ، ކުއްލިއަކަށް ފިރިހެނުންތަކެއް ހަތިޔާރާއެކު ގެއަށް ވަދެގަނެ ގަދަކަން ދެއްކުމަކީ ނަފްސާނީ ގޮތުން ވެސް އަސަރުތަކެއް ކުރިކަމަށް ނިޝާ ބުންޏެވެ.

"ގޭ ތެރެއަށް ފުލުހުން ވަތް ގޮތުންނާއި، މުއާމަލާތް ކުރި ގޮތް ފެނިފައި އަޅުގަނޑުގެ ދަރިފުޅު ވެސް ބިރުން ރޯން ފެށި. ފުލުހުން ތުހުމަތު ކުރީ އަޅުގަނޑުމެން އުޅެނީ މީހަކު ފޮރުވައިގެން ކަމަށް. ބުނި ތިމަންނާމެން ހަރުކަށި ފިކުރުގެ ކޮންމެވެސް މީހަކު ހޯދަނީއޭ. އެމީހާގެ ނަން ވެސް ބުނި، އަޅުގަނޑު މިހާރު ހަނދާނެއް ނެތް އެ ނަމެއް. ފުލުހުން އަޅުގަނޑުގެ ފިރިމީހާއާ ވެސް ވާހަކަ ދެއްކިޔަ ނުދިން" ނިޝާ ކިޔައިދިނެވެ.

ނިޝާ ބުނި ގޮތުގައި އެ ގޭ ތެރެއަށް ވަން ފުލުހުން ރަނގަޅަށް ޗެކެއް ވެސް ނުކުރެއެވެ. ހަމައެކަނި ކޮޓަރިތަކުގެ ދޮރުތައް ހުޅުވާލައިފައި ދިޔައީއެވެ.

އަޅުގަނޑުގެ ފިރިމީހާ ކައިރީގައި ބުނި "ސޮރީ އޭ، ނުބައި މައުލޫމާތެއް ލިބުނީ އޭ. އަޅުގަނޑު ދެކޭ ގޮތުގައި އެމީހުން އަޅުގަނޑު ކައިރިން ވެސް މާފަށް އެދެން ޖެހޭ

ނިޝާ އިތުރަށް ބުނީ ފުލުހުން ވެސް އެމީހުންގެ ޤާނޫނީ ޒިންމާ އަދާ ކުރަން ޖެހޭނެކަން އޭނާ ޤަބޫލު ކުރާ ކަމަށެވެ. ނަމަވެސް ނިޝާ އާއި އޭނާގެ ދަރިފުޅަށް މި ދިން ނަފްސާނީ ގެއްލުމަކީ، ފުލުހުންގެ ޒިންމާ އަދާ ކުރަންވާ ގޮތަށް ނުކުރުން ލިބުނު ގެއްލުމެއް ކަމުގައި ދެކޭ ކަމަށް ވެސް ނިޝާ ބުންޏެވެ.

ލިބިފައިވާ މައުލޫމާތަކާ މެދު ޔަގީން ނުވާނަމަ، ކަން ކުރާނެ ރަނގަޅު އުސޫލެއް ނެތީތޯ؟ ޤައުމުގެ އަންހެނުންނަށާއި ކުޑަކުދިންނަށް އިޙްތިރާމު ކުރުމެއް ނެތީތޯ؟ އަޅުގަނޑުގެ ދަރިފުޅަށް ދެން ފުލުހަކު ފެންނަ ކޮންމެ ފަހަރަކު މި ހާދިސާ ހަނދާން ހުންނާނެ

މިކަމާ މެދު ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން" އަށް ވިދާޅުވީ މިފަދަ ހާދިސާއެއް ރޭގައި ހިނގައިގެން އުޅޭކަމުގެ ޝަކުވާ ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަން ބަލަމުން ގެންދާ ކަމަށެވެ.

"ނުބައި ގެއަކަށް ވަންކަމުގެ ޝަކުވާ ލިބިފައި ވަނީ. އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން މިގެންދަނީ" ފުލުހުން ވިދާޅުވިއެވެ.

މި ޢަމަލު ހިންގާފައިވާ ކަމަށް ބުނެފައިވާ ފުލުހުންނާ މެދު ފިޔަވަޅެއް އެޅުމަށް ނިންމާފައިވޭތޯ ސުވާލު ކުރުމުން މީޑިއާ އޮފިޝަލު ވިދާޅުވީ، އެކަމަށް ވަކި އެއްޗެއް ވިދާޅުވާން އެނގޭނީ އެ ހާދިސާ ހިނގާފައިވާ ގޮތް ބެލުމަށް ފަހު ކަމަށެވެ.

Ads by HDC
  1. ފަޔާޒް

    ގައުމެއްގެ ރައިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮއްދޭން ތިބޭބައެއްގެ ފަރާތުން މިކަހަލަ ނާތަހުޒީބު އަމަލުތަކަކީއެއްވެސް ހާލެއްގައި ރަގަޅު އަމަލު ތަކެށް ނޫނޭބުނެވޭނީ. މީކޮންކަހަލަ އަމަލެއްތޯ؟ މަޑުމައިތިރި އަމަލެއްތޯ؟ނުރަތަ ހަރުކަށިއަމަލެއްތޯ؟

  2. ހައްވަ

    ކޮއްމެހެންވެސް ބަލަންޖެހޭޭ މައްސަލައެއް

  3. ނާޑޭ

    ތިބުނާ ފިރިސޮރު އިބޫއަށް ހަމަލާދިން މައްސަ ވީ ކިހާތާކުތަ.

  4. ހޯލި

    މާލޭގަ ގޭ ދޮރު ތަޅުނުލާ ވެސް އުޅޭތަ؟ ދޮރު ހަލާކުކޮށްލައިގެން ވަންްނަންވާއިރަށް ބުރުގާ އެޅޭހާ ވަގުތު ލިބޭނެ.

  5. މުޞްޠަފާ

    07 އަހަރުގެ ދަރިފުޅު ގޮވައިގެން ފިލްމު ބަލަން…

  6. އިލްޔާސް

    ރަނގަޅުމިސްރާބައް އެދަނީ އެއީ ކަސްމީރު ނުވަތަ އަފުގާން ނުވަތަ ފަލަސްތީން ރައްޔަތުންތިބެންޖެހޭނީ ބިރުންރޮއެލަރޮއެލާ ފުލުހުންބުނާނީ އަހަރެމެންމިމަސައްކަތްކުރަނީ ރައްޔަތުންގެރައްކާތެރިކަމަށޭ އިޒުރޭލްފުލުހުންވެސްބުނަނީ ހަމައެފަދައިން