އިސްރާއީލަށް ތާއީދު ކުރި ޓީޗަރު މަގާމުން ވަކިކޮށްފި
ހދ. ހަނިމާދޫ ސުކޫލުގައި މަސައްކަތް ކުރާ ޓީޗަރެއް އިސްރާއީލަށް ތާއީދު ކުރުމުގެ ސަބަބުން މަގާމުން ވަކިކޮށްފިއެވެ.
ހަނިމާދޫ ސުކޫލުގެ ޕްރިންސިޕަލް އަބްދުﷲ މުހުސިން ވަނީ މިކަން "ދެން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ވަޒީފާއިން ވަކި ކުރީ އެ ސުކޫލުގައި އިނގިރޭސި މާއްދާ ކިޔަވައިދޭ އިންޑިއާ މުވައްޒަފެއް ކަމަށާއި، އޭނާއަކީ އެ ސުކޫލުގެ ސެޝަން އިންޗާޖެއްގެ އިތުރުން އެސްއެމްޓީ މެމްބަރެއް ކަމަށް ވެސް މުހުސިން ވިދާޅުވިއެވެ.
ފޭސްބުކުގައި ޕްރޮފައިލް ފޮޓޯ އާންމު ކުރަމުން އޭނާ ވަނީ "އައި ސްޓޭންޑް ވިތު އިސްރާއީލް"ގެ ޕޯސްޓަރު ހިއްސާ ކޮށްފައެވެ.
މިކަމާ ގުޅިގެން ހަނިމާދޫ ސުކޫލުން ވަނީ ނޫސް ބަޔާނެއް ވެސް ނެރެފައެވެ. އެގޮތުން އިންޑިއާގެ ޓީޗަރު ފަރާތުން ސޯޝަލް މީޑިއާގައި ފެނުނު މަންޒަރަކީ ވަރަށް ދަށު ދަރަޖައިގެ މައްސަލައެއް ކަމަށާއި އެކަން އެ ސުކޫލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެެރި ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އޭނާ އެކަން އެގޮތަށް ކުރީ ސުކޫލަށް 52 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އެސެމްބްލީގައި ފަލަސްތީނާއެކު އެ ސުކޫލުގެ އެންމެން ވެސް ތިބިކަން ބުނެފައި ވަނިކޮށް ކަމަށާއި، އެ ހަރަކާތަށް 24 ގަޑިއިރު ނުވަނީސް ސްކޫލްގެ އަދި މުޅި ދައުލަތުގެ އިތުރުން ހަނިމާދޫ ރައްޔިތުންގެ ސްޓޭންޑާ ހިލާފަށް އެ ޓީޗަރު ހިންގި ދަށު ދަރަޖައިގެ އަމަލު ސްކޫލުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ އަމަލެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާ ކުުރެވުމަށް ފަހު އޭނާ މިހާރު އެ ސުކޫލުން ވަކިކޮށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވެސް މުހުސިން ވިދާޅުވިއެވެ. ވަޒީފާއިން ވަކިކުރީ އެބެނެޒާ ސުމްކަރަން ނަމަކަށް ކިޔާ ޓީޗަރެކެވެ.
ތީ ވަރަށް ދެރަ ނިންމުމެއް. މީހެއްގެ ވިސްނުން ހުންނަ ގޮތަކުން ވަޒީފާއިން ވަކިކޮށްގެން ނުވާނެ. ތިހެން ހެދީމަ އިސްރާއީލާއި އެމެރިކާ އަދި އެހެންވެސް ދީންތަކުގެ މީހުންނާއި އަހަރެމެންނާ ކޮބާ ތަފާތަކީ. އަހަރެމެން މުސްލިމުންވާން ޖެހޭނީ އެހެން ދީންތަކުގެ މީހުންނަށް ނަމޫނާ ބަޔަކަށް ވާން.
ހަބަރު ނުކިޔައި ކޮމެންޓުކުރުމަކީ މާދެރަކަމެއް. ބަދިގެޔަށް ދޭބަލަ.
ނުހާ، މީ ދީނީ ކަމަކަށް ވުރެ އިންސާނިއްޔަތާއި ގުޅުން ހުރި ކަމެއް. އޭނަގެ ދީނަކާއި ހުރި ގުޅުމެއް ނޫން. އެއީ ޓީޗަރަކަށް ވެ ހުރެ، މިކަހަލަ ވާހަކައެއް ދައްކާނަމަ ، އޭނަގެ ދަރިވުންނަށް އޭގެ ނުބައި އަސަރު ކުރާނެ.
ވަރަށް ރަނގަޅު… ޢިސްރާއީލަކީ ޓެރަރިސްޓް ޖަމާޢަތެއް، އިސްލާމްދީން ޓެރަރިޒަމާ ދެކޮޅުވާން ޖެހޭނެ. ނޫނީ އެމީހުންނާ މުސްލިމުންނަކާ ޚިލާފެއްނެތެންނު؟
އޭނަ ވީ އެންމެ އަވަހަކައް ޑީޕޯޓު ވެސް ކޮއްލަންވީ
ސްކޫލުގެެ ނިންމުން ވަރަށް ރަގަޅު
ލާއިންސާނީ ޓެރަރިސްޓުންނަށް ތާއީދުކުރާ ޓީޗަރެއްގެ ފަރާތުން ހީވެސްނުކުރާފަދަ ގެއްލުމެއް ލިބިދާނެ..
އެބަ ރަނގަޅުވޭ. ބާރަށް ކުރިޔަށް. މިކަމުން ނަމޫނާ ލިބިގެނެ ﷲ އާއި ރަސޫލާއަށް ޖޯކުޖަހާ ދިވެހިންވެސް ޑީޕޯރޓް ކޮށްލުމަކީވެސް ކަމާބެހޭ ފަރާތްތަކުން ކުރަންޖެހިފައިވާކަމެއް.
މިތަނުގަ އުޅޭ ފިތުނަ އުފައްދާ ނޫސްތަކެއް. އެކަން އެގޮތައް ކުރިއަސް ގޯސް، އަދި ނުކުރިއަސް ގޯސް. އަހަރެން އެމަގާމްގަ
ހުރިނަމަވެސް ކަންކުރާނީ ހަމަ އެއުސޫލުން. ތިކަން ތިގޮތައް
ކުރުމުގައި ބައިވެރިވި ހުރިހާއެންމެނައް ޝުކުރިއްޔާ!