ޚަބަރު

ދަތުރުވެރީންގެ މާރުކޭޓްގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ޝަކުވާއާއި އާދޭހުގެ ތަފާތު ސިޓީއެެއް މޭޔަރަށް!

ދެން އެމްވީ ، ދެން އޮންލައިން

ދަތުރުވެރީންގެ މާރުކެޓްގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ޝަކުވާއާއި އާދޭސްތައް ތަފާތު ސިޓީއަކުން މާލޭގެ އައު މޭޔަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ހުށަހަޅައިފިއެވެ.

Ads by MWSC

މޭޔަރު މުޢިއްޒު ވަނީ މި ސިޓީ ޓްވިޓާގައި އާންމު ކުރައްވައިފައެވެ.

އެ ސިޓީގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނެފައި ވަނީ ލޯކަލް މާރުކޭޓާއި ދަތުރުވެރީންގެ މާރުކޭޓްގެ ގޮޅީގެ ސައިޒު ތަފާތު ނަމަވެސް ދެ ތަނުން ވެސް ކުލި ނަގަނީ އެއްވަރަކަށް ކަމަށާއި އެ ތަފާތަށް ޙައްލެއް ހޯދައިދެއްވުން އެދޭ ކަމަށެވެ.

"މި ކުޑަކުޑަ ގޮޅިއަށް ވެސް ގޮޅީގެ ކުލީގެ ގޮތުގައި މަހަކު 2150ރ ދައްކާން ޖެހެއެވެ.ލޯކަލް މާރުކެޓްގެ ގޮޅިތަކަށް ވެސް ގޮޅީގެ ކުލީގެ ގޮތުގައި ދައްކަނީ މަތީގައިވާ އަދަދެވެ.ދަތުރުވެރީންގެ މާރުކެޓްގަ ގޮޅިއަށް މުދާކޮޅު ވެއްދުމުން މުދަލުގެ ވެރިމީހާ އިންނަން ޖެހެނީ އެކުޑަކުޑަ ގޮޅީގެ ދޮރުމަތީގެ ބޭރުގައެވެ." އެ ސިޓީގައި ވެއެވެ.

މީގެ އިތުރުން ، މާލޭގެ ޓެކްސީ ޑްރައިވަރުންނަށް ލުއި ހޯއްދަވައި ދެއްވުމަށް ޕާކިން ސްލޮޓްތަކުގެ ފީ 3000ރ އިން 750ރއަށް ކުޑަ ކުރެއްވިކަން ފާހަގަ ކުރައްވައި ، (ކޮވިޑްގެ) މިހާލަތަށް ބައްލަވައި ގޮޅީގެ ކުލި ކުޑަ ކުރެއްވުމަށް ވެސް އެ ސިޓީގައި އެދިފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!