ކޯވިޑް-19 ދިފާޢު: އިތުރު 2000 މީހުން ވެކްސިން ފުރިހަމަކޮށްފި
ރާއްޖޭގައި އިތުރު 2،000އަށް ވުރެ ގިނަ މީހުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24ގަޑިއިރުތެރޭ ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުގެ ސެންޓަރުތަކުން ޖަހައިފައި ވަނީ 1511 މީހުންނެވެ. އަދި މާލެ ސަރަޙައްދުން ވެކްސިން ޖަހައިފައި ވަނީ 545 މީހުންނެވެ. މިއާ އެކު އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދަކީ 2،055 މީހުންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަތޮޅުތަކުގައި 143 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިންގެ ފުރަތަަމަ ޑޯޒް ޖަހާފައި ވަނީ 306 މީހުންނެވެ. މިއާ އެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 305،850އަށް އަރައިފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.
އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.
ކިހާބޮޑު ިކަމެއް. ޚކޮންމެ ދުވަހަކު 2ހާސް 3ހާސް ވެކްސިންޖެހިއޭ ކިޔާއިރު ތިއީ ހުސްބޭރުމީހުން. ގިނައީ އިންޑިއާ ރައްޔިތުން.