ޚަބަރު

މާރިޔާއަށް ކުރެވޭ ތުހުމަތުތައް ފުލުހުން ތަހުގީގު ކުރަމުން ދާނެ: އަސްލަމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދުއަށް ދިން ހަމަލާއާ ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކުރެވޭ ތުހުމަތުތައް ފުލުހުން ބަލަމުންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ އާއިލާއިން ވަނީ މިނިސްޓަރ މާރިޔާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވަނީ މިނިސްޓަރު މާރިޔާގެ މައްޗަށް މި ހަމަލާގައި ތުހުމަތުތަކެއް ކުރެވޭކަމަށް ފާޅުގައި ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން، އެ ކޮމިޓީގެ މުގައްރިރު މެމްބަރު އަސްލަމް ވިދާޅުވީ، ކޮމިޓީން ކުރަނީ ތަހުގީގެއް ނޫންކަމުން އެ ކޮމިޓީއަކުން އެފަދަ ކަމެއް ނުބަލާ ކަމަށެވެ.އެހެން ނަމަވެސް ފުލުހުން އެކަން ތަހުގީގު ކުރަމުން ގެންދާނެ ކަމަށާއި ފުލުހުންގެ ކިބައިން މައުލޫމާތު ހޯއްދެވުމަށް އަސްލަމް އެދިލެއްވިއެވެ.

"ތި ވިދާޅުވި މައްސަލަ ފުލުހުންގެ މަސައްކަތުގެ ތެރެއިން މި ތަހުގީގުގެ ތެރެއިން، ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމުގައި އަޅުގަނޑަށް މައުލޫމާތު ލިބިފައިވާތީ ފުލުހުންގެ ކިބައިން ތި މައުލޫމާތު ހޯދުމަށް ދަންނަވަން" މެމްބަރު އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން ނޫސްވެރިން މީގެ ކުރިން ސުވާލު ކުރުމުން ވެސް ފުލުހުން އަދި ސީދާ ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

Ads by HDC
  1. ސެއްޅި

    އަސްލަމް މޮޔަ ނުގޮވާ މަގާމުގަ ބަހައްޓައިގެން ކުކުރެވޭނެ.ކޮން ގައުމެއްގަ އެހެން ކުރަނީ. ކަންކަމަށް ފަސްއެޅުމުގެ ޗާންސް އޮންނާނެ.
    އަސްލަމް ތިހުރީ ހަމާގަތަ.