ޚަބަރު

ސިވިލް ކޯޓުގެ އިސް ގާޒީގެ އިތުރު މައްސަލައެއް ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ މައްސަލަ އެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

Ads by Sosun Fihaara

ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލްވުމުގައި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާ އެކަމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަބްދުﷲ އަލީ އާއި މެޖިސްޓްރޭޓުންތަކެއްގެ މައްސަލަ ބެލުމަށް ވެސް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އާއި ތިން މެޖިސްޓްރޭޓުންނާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ނުބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!