ދުނިޔެ

ކޮވިޑް19ގެ އައު ވޭރިއަންޓް އުޅޭތޯ ނަޖިސް ޖަންގްޝަންތަކުން ފެން ނަގައިގެން ތަޙްލީލް ކުރަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19ގެ އައު ވޭރިއަންޓްތައް ދެނެގަތުމަށް އިނގިރޭސި ވިލާތުގައި ނަޖިސް ޖަންގްޝަންތަކުން ފެން ނަގައިގެން ތަޙްލީލް ކުރާ މިންވަރު އިތުރުކޮށްފިއެވެ.

Ads by WAMCO

ކޮވިޑް-19ގެ އައު ސްޓްރެއިންތައް ދެނެގަތުމަށް އިންސާނުންގެ ނަޖިސް ހުންނަ ޖަންގްޝަންތަކުގައި ހުންނަ ފެން ބޭނުން ކުރެވޭ ކަމަށް މިދިޔަ އަހަރު މިހާތަނުގައި ހެދި ތަހްލީލަކުން ވަނީ ހާމަވެފައެވެ. މިއާއެކު އިނގިރޭސިވިލާތުން މިމަސައްކަތް ދިޔައީ ކުރަމުންނެވެ.

މިގޮތަށް ތަހްލީލް ކުރާއިރު، ވަކި ސަރަހައްދެއްގައި ކޮވިޑް-19 އައުޓްބްރޭކެއް (އެއް ފަހަރާ ގިނަ ބަޔަކަށް ބަލިޖެހިފައިވާ ނަމަ) އެކަން ދެނެގަވެއެވެ. އަދި އާ ވޭރިއަންޓެއް އުޅޭނަމަ އެކަން ވެސް ދެނެގަނެވެއެވެ. ތަހްލީލް ކުރާ ނަޖިސް ސާންޕަލްތަކަކީ ރިކޯޑް ކުރެވޭ އެއްޗިހިތަކެއް ކަމަށްވުމާ އެކު ވަކި ސަރަހައްދަަކަށް ސިއްހީ މާހިރުން އިތުރަށް ބޭނުންވާ ނަމަ، މި ޓެސްޓްތަކުގެ އަލީގައި އެ ސަހަރައްދަކަށް ބޮޑަށް ސަމާލުކަން ދެއެވެ. ނަޖިސް ތަހްލީލް ކުރުމުގެ ޕްރޮގްރާމްގައި އިނގިރޭސިވިލާތުގެ ތިންބައިކުޅަ އެއްބައި ބައިވެރިވެއެވެ.

އިނގިރޭސި ވިލާތުގެ ހެލްތް ސެކިއުރިޓީ އެޖެންސީގެ ޗީފް އެގްޒެކެޓިވް ޑރ.ޖެނީ ހެރިސް ވިދާޅުވީ، ނަޖިސް ސާންޕަލްތައް ތަހްލީލް ކުރުމުން، ސިއްހީ މާހިރުންނަށް ކޮވިޑް-19 އުޅޭ ސަރަހައްދުތައް ވަކި ކުރުމަށް ބާރަކަށް ވެގެންދާ ކަމަށެވެ. އަދި ކުއްލިއަކަށް ގިނަ ބަޔަކަށް ކޮވިޑް-19 ޖެހޭ ސަރަހައްދުތައް އަވަހަށް ދެނެގަތުމުގެ ނަތީޖާއެއްގެ ގޮތުން، ކޮވިޑް-19 ކޮންޓްރޯލްކޮށް ސިއްހީ ފަރުވާ ދިނުމަށް އަވަސް ވެގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އަލާމާތްތައް ނުފެނި ކޮވިޑް-19 ޖެހޭ މީހުން ވެސް މިފަދަ ޓެސްޓްތަކުން ދެނެގަނެވި، އެފަދަ މީހުން އުޅޭ ސަރަހައްދުތަކަށް ގޮސް އިތުރު މީހުން ބައްޔަށް ހުށަނޭޅޭ ގޮތަށް ޓެސްޓް ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގައި އިންޑިއާގެ ވޭރިއަންޓް އުޅޭ ސަރަހައްދުތައް މޮނިޓަރކޮށް ބަލަމުން އަންނަނީ މިގޮތަށްކަން ފާހަގަކޮށްލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!