ޚަބަރު

ކޮވިޑް-19އާ ގުޅިގެން ސިއްޙީ ދާއިރާއަށް 1،711 މިލިއަން ރުފިޔާ ޚަރަދުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާ ގުޅިގެން މިހާތަނަށް ސިއްޙީ އަދި އިޖުތިމާޢީ ދާއިރާއަށް 1،711.2 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ، ކޮވިޑް-19 އާ ގުޅިގެން ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު، މި މަހުގެ 20 ގެ ނިޔަލަށް ޖުމްލަ 3،429.4 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.

އޭގެތެރެއިން 1،711.2 މިލިއަން ރުފިޔާ ސިއްޙީ އަދި އިޖުތިމާއީ ދާއިރާއަށް ޚަރަދު ކޮށްފައިވާއިރު، އެންމެ ބޮޑު ޚަރަދެއް އޭގެ ތެރެއިން ކޮަށްފައި ވަނީ މެޑިކަލް ކޮންސިއުމަބަލްސްއަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އޭގެއިތުރުން ފްރަންޓްލައިން އެލަވަންސް އަދި އެހެނިހެން މުވައްޒަފުންގެ ޚަރަދު ވެސް އެބަ ހިމެނޭ. އެކަމަށް 148.9 މިލިއަން ރުފިޔާ ޚަރަދުވެފައިވޭ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާތަނަށް ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު، އިކޮނިމިކް ރިލީފް ޕެކޭޖްތަކުގެ ޚަރަދަށް 1،718.1 މިލިއަން ރުފިޔާ ޚަރަދު ވެފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!