ތަހުގީގުގެ މައުލޫމާތު ސީދާ ރައީސް ނަޝީދަށް ދެއްވުމަށް ފުލުހުން ނިންމަވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްގެން މި މަހުގެ ހަވަނަ ދުވަހު ދިން ހަމަލައިގެ މައުލޫމާތު ސީދާ އެމަނިކުފާނަށް ދެއްވުމަށް ފުލުހުން ނިންމަވައިފިއެވެ.
ރައީސް ނަޝީދުއަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފައެވެ.
ހަސަން ލަތީފު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ މައުލޫމާތު ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް މިއަދު ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދުގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށާއި އަދި އެކަމަށް ހަމީދު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
ތަހުގީގުގެ މައުލޫމާތު އެ މަނިކުފާނަށް ސީދާ ލިބިވަޑައިނުގަންނަވާތީ މީގެ ކުރިން އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) މެދުވެރި ކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ތަހުގީގުގެ މައުލޫމާތު އެމަނިކުފާނު ސާފު ކުރައްވަން ޖެހެނީ ރައީސް އޮފީސް މެދުވެރިކޮށް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރަނގަޅު ނިންމުމެއް އެންމެންގެ މައްސަލަވެސް ތިޔަގޮތަށްވާނަމަ ކިހާރަނގަޅު!