ޚަބަރު

ހުޅުމާލެ ފޭސް 2ގައި އިތުރު 2000 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާ ކުންފުންޏަކަށް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހުޅުމާލެ ފޭސް 2 ގައި އިތުރު 2000 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާ ކުންފުންޏަކާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

Ads by MWSC

މީގެ ކުރިން ހުޅުމާލެ ފޭސް 2 ގައި ހައުސިންގް ޔުނިޓް އެޅުމަށް އިތުރު އެހެން ދެ ކުންފުންޏަކާ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެއެވެ. އެހެންކަމުން މިހާރު ޖުމުލަ 6000 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާ ވަނީ ހަވާލު ކުރެވިފައެވެ.

އިއްޔެ ވެވުނު އެއްބަސްވުމަކީ ހުޅުމާލެ ފޭސް 2 ގައި 2000 ހައުސިންގް ޔުނިޓް އެޅުމަށް އަޝޯކާ ބިލްޑިންގް ލިމިޓެޑާ ވެވުނު އެއްބަސްވުމެއް ކަމުގައި ފަހި ދިިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެ އެއްބަސް ވުމުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އަޅަނީ 650 އަކަފޫޓުގެ ދެކޮޓަރީގެ 500 ޔުނިޓާއި، 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 ޔުނިޓް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ޖުމުލަ 140 މިލިއަން އެމެރިކާ ޑޮލަރުގެ މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނުގެ އެހީގައި އަޅާ ހައުސިން ޔުނިޓެކެވެ. މި ޕްރޮޖެކްޓް ނިމުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!