ދުނިޔެ

އިސްރާއީލާ ދެކޮޅަށް އަޑުއުފުލާ ރައްޔިތުން ރައީސް އައްބާސްގެ އެންގެވުމަށް ހައްޔަރަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ރައީސް މަހްމޫދް އައްބާސް، އެމެރިކާގެ ރައީސް ބައިޑަންއާއެކު

އިސްރާއީލުގެ ވެރިކަމާ ދެކޮޅަށް އަޑު އުފުލަމުންދާ ފަލަސްތީނުގެ ރައްޔިތުން ހައްޔަރު ކުރަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

Ads by WAMCO

މި ރިޕޯޓްތައް ބުނާ ގޮތުގައި މީހުން ހައްޔަރު ކުރަމުންދަނީ ފަލަސްތީނިއަން އޮތޯރިޓީގެ ވެރިޔާ، ރައީސް މަޙްމޫދު ޢައްބާސްގެ އަމުރަށެވެ.

ރައީސް މަޙްމޫދު ޢައްބާސްއަކީ ހުޅަނގުގެ ޤައުމުތަކުގެ ބަހަށް އަމަލު ކުރަމުންދާ ގޮޑިކޮއްކޮއެއް ފަލަސްތީނުގެ މީޑިއާތަކުން ބުނެއެވެ. އެ މީޑިއާތަކުން ބުނާ ގޮތުގައި އައްބާސްގެ ވެރިކަން ނެގެހެއްޓުމަށް ހުޅަނގުން މީގެ ކުރިން އަދި މިހާރު ވެސް ދަނީ ފަންޑު ކުރަމުންނެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރާ އަމިއްލަ ޖަމުޢިއްޔާއެއްކަމަށްވާ ލޯޔަރސް ފޮރ ޖަސްޓިސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް އަޑު އުފުލަމުންދާ ފަލަސްޠީނުގެ ވިއްސަށް ވުރެ ގިނަ މީހުން މަޙްމޫދު ޢައްބާސްގެ އެންގެވުމަކަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރު ކޮށްފައިވާ މީހުންނަށް ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ބޮޑެތި އަނިޔާތައް ދީފައިވާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން ބުނެފައި ވަނީ ހައްޔަރުކޮށްފައިވާ މީޙުންގެ ތެރޭގައި އިސްރާއީލުގެ ދައުލަތާ ދެކޮޅަށް މީސްމީޑިއާގައި އަޑު އުފުލަމުން އަންނަ ފަރާތްތަކާއި އިސްރާއީލްގެ ލާއިންސާނިއްޔަތު ކަމާ ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަ ފަރާތްތައްވެސް ހިމެނޭ ކަމަށެވެ.

ފަލަސްޠީނުގެ ސަރުކާރުން އެފަދަ ގޮތަކަށް ޢަމަލުކުރަން ފަށައިފައި ވަނީ އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް އަޑުއުފުލަމުންދާ އެ ޤައުމުގެ ޢަރަބި ނަޞްލުގެ ރައްޔިތުން ވެސް ހައްޔަރުކުރަން ފަށައިފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދުވަސްތަކުގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައާއި އިރުމަތީ ޤުދުސްގައާއި ޣައްޒާގައި ޔަހޫދީންނާ ދެކޮޅަށް ބޭއްވި ތަފާތު ޙަރަކާތްތަކަށް ތާއީދުކުރުމުގެ ގޮތުން ހަރަކާތްތައް ހިންގައިފައިވާ މީހުން ހައްޔަރު ކުރަމުންދާ ކަމަށް އިސްރާއީލްގެ ހަރުކަށި ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އިސްރާއީލުގެ ފުލުހުން ބުނާ ގޮތުގައި މެއި މަހުގެ 9 ވަނަ ދުވަހުގެ ފަހުން އެ ޤައުމުގައި ދިރިއުޅޭ 1،550އަށް ވުރެ ގިނަ ޢަރަބިން ވަނީ ހައްޔަރުކޮށްފައެވެ.

Ads by Allied Insurance
  1. ސައީދު

    އައްބާސް އަށް ތިއޮތީ މޮޅުކަމެއް ކުރެވިފައި،މިފަދަ އަމިއްލަ އެދުމުން ފުރިފައިވާ މީހުން …….