ވޯކް ވިސާ ނެތް އަދި ކާފިއު ގަޑީގައި ބޭރުގައި އުޅޭ ބިދޭސީން ޑީޕޯޓް ކޮށްލަނީ
ވޯކް ވިސާ ނެތް އަދި ކާފިއު ވަގުތު ހުއްދައާ ނުލައި މަގުމަތީގައި އުޅޭ ބިދޭސީން ޑީޕޯޓް ކޮށްލުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފައްޓަވައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެމްޕީއެލްގެ ބައިވެރިވުމާއެކު ހިންގާ މި މަސައްކަތަކީ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ، ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއްވައެވެ.
އިމިގްރޭޝަނުން ވިދާޅުވީ ވާކް ވިސާ ނެތި އަދި ކޮވިޑް-19އާ ގުޅިގެން ކަނޑައަޅައިފައިވާ ކާފިއު ވަގުތުގައި ޤަވާއިދާ ޚިލާފަށް މަގުމަތީގައި އުޅޭ ފަރާތްތައް ހިފަހައްޓައި ހުޅުމާލެ ފޭސް-2 ގައި ޤާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށްދާ އިރު ޤަވާއިދާ ޚިލާފަށް އުޅޭ ފަރާތްތައް ފުލުހުން ހިފަހައްޓައި އިމިގްރޭޝަނަށް ހަވާލުކުރުމުން އެމީހުން ޑިޓެންޝަން ސެންޓަރަށް ގެންދިއުމުގެ ޚިދުމަތް ފޯރުވައިދެނީ އެމްޕީއެލްއިންނެވެ.
އަދި ވާރކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާ ނުލައި މަގުމަތީގައި އުޅޭ ބިދޭސީން ޑިޓެންޝަނަށް ގެންދިޔުމަށް ފަހު އެ ފަރާތްތައް ޑީޕޯޓުކޮށްލުމުގެ މަސައްކަތް އެ އޮންނަ އެސޫލުން ކުރިޔަށް ދާނެކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ތިވެސް ރައްޔިތުންނަށް އޮޅުވާލަން ބުނިއެއްޗެއް. މިޤައުމު ތިމީހުންްނާ ހެދި މިދަނީ ހަލާކު ވެގެން. އެމީހުންގެ ލާރީގައި އެމީހުން ފޮނުވާ.
އެކަކުވެސް ފޮނުވައެއް ނުލާނެ. ބުހުތާން ދޮގު..!
ޤަބޫލުކުރަންދަތި ތިވާހަކަ، ރަނގަޅަށް ދާނެކަމަށް އުންމީދުކުރަން..
ނުކުރާނެ ނުވާނެ ކުރިނަމަތިކަންނިމިއްޖޭސް
ހަމަތިބޭނީ މުކުރާނެ ….ބެރުމީހުންގެ މަށްސަލަހައްލުނުވެއްޖެޔާާޢިސްތިޔުފާދޭބުނިމީހާކޮބާ …
ހަމަހުސްހޮޅިވާހަކަ����������.
ތިކަންވާތަނެށް ނާންނާނެ ގަވައިދާޚިލާފައް އުޅޭބިދޭސިން މިހާރު މާލޭގަ ބޮޑެތިތަން ތަން ކުއްޔައް ހިފާލައިގެން އެމީހުންގެ ގައުމުން އެކިވައްތަރުގެ މުދާ ގެނެސްގެން އޮންލައިން ވިޔަފާރި ކުރަމުން އެގެން ދަނީ މިރާއްޖޭގަ ބޭނުން ގޮތަކައް އެމީހުނައް އުޅުމުގެ ފުރުސަތު އެބަ އޮވޭ