ގެއަކުން ބޫޓެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ބޫޓެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ހޯދަން އިއުލާން ކުރި މީހާއަކީ 2021 އޭޕްރީލް 18 ވަނަ ދުވަހު 5:48 އެހައިކަންހާއިރު މާފަންނު، ގެއަކުން ޓްރެއިނިންގ ޝޫޒްއެއް ވަގަށް ނަގައިފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
އަދި މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 484805 އެވެ.