މަރުގެ އެކްސިޑެންޓަށް ފަހު ފިލި މީހާ ހައްޔަރުކޮށްފި
މަރުގެ އެކްސިޑެންޓަށް ފަހު ފިލި މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ހުވަފެނީ ގޯޅީގައި ބާއްވައިފައި އޮތް ގާޑިއަލެއްގައި ދުއްވައިފައި ދިޔަ ސައިކަލެއް ޖެހި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓަށް ފަހު ސައިކަލް މަޑުނުކޮށް ދިޔަ މީހާ އިއްޔެ 17:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވާކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.
Ads by Allied Insurance