ވިޔަފާރި

ގޭގައި ތިބުން ދެން އުނދަގުލެއް ނުވާނެ، ދިރާގުން ހިލޭ ޑޭޓާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ގޭގައި ތިބެން ޖެހިފައިވާ މި ދުވަސްވަރު ދިރާގުން ހިލޭ ޑޭޓާ އަދި ޑޭޓާގެ ޚާއްސަ އޮފަރތަކެއް އެ ކުންފުނީގެ ކަސްޓަމަރުންނަށް ހަމަޖައްސައިދީފިއެވެ.

Ads by STELCO

އެގޮތުން މިއަދު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންގެ ޕެކޭޖްތަކަށް ލިބިގެންދާ ޑޭޓާގެ އިތުރަށް އެއްވެސް ހަރަދަކާ ނުލައި ހިލޭ ޑޭޓާ މި ޖޫން މަހަށް ވަނީ ދެވިފައެވެ. އެގޮތުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް %30 ހިލޭ އިތުރު ޑޭޓާ ލިބިގެންދިޔައިރު، ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 އާއި %200 އާ ދެމެދުގެ ހިލޭ ޑޭޓާ ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ލިބިގެން ދިޔައިރު ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅުއްވާ ކަސްޓަމަރުންނަށް 30% ހިލޭ އިތުރު އެލަވަންސް ވަނީ މި ޖޫން މަހަށް ފޯރުކޮށްދީފައެވެ.

މި ދުވަސްވަރަކީ ގޭގައި ތިބެގެން ގިނަބަޔަކު އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށްގެންދިޔުމާއި ކިޔަވާކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ޖެހިފައިވާ ދުވަސްވަރެއްކަމުން އިތުރަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތޮން 27 މޭ އިން ފެށިގެން 30 ޖޫންގެ ނިޔަލަށް ނަންގަވާ ބޫސްޓަރ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ވެސް ވަނީ އިތުރު ހިލޭ ޑޭޓާ ދޭން ފަށައިފައެވެ.

ބޫސްޓަރ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސް ތަކަށް ލިބޭ އިތުރު ހިލޭ ޑޭޓާ

▪︎ ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރައްވާ ކޮންމެ ބޫސްޓަރއަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.
▪︎ މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރައްވާ ކޮންމެ ބޫސްޓަރއަކުން ވެސް ދެ ގުނަ އިތުރު ޑޭޓާ ލިބިގެންދާނެއެވެ.
▪︎ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް %50 އިތުރު އެލަވަންސް ކޮމްބޯ ޕޮލޭންތަކުން ލިބިގެން ދާ އިރު، %200 އިތުރު ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ލިބިގެންދާނެއެވެ.
▪︎ ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓަރ އެކްޓިވޭޓް ކުރައްވައިގެން %100 އިތުރު އެލަވަންސް ލިބިގެންދާނެއެވެ.
▪︎ ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރައްވާ ބޫސްޓަރތަކުން 100% އިތުރު އެލަވަންސް ލިބިގެންދާނެއެވެ.
▪︎ ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ޕެކޭޖްތަކުން %30 އިތުރު ހިލޭ ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.
▪︎ ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމް އިން 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރަށްވާ ޑޭޓާ އެޑް-އޮން ތަކުން %30 ހިލޭ އުތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.
▪︎ މީގެ އިތުރުން، ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަނުގެ ދަށުން 30 ޖޫން 2021 ގެ ކުރިން އެކްޓިވޭޓް ކުރައްވާ ޑޭޓާ އެޑް-އޮންތަކަށް 50% ޑިސްކައުންޓް ލިބިގެންދާނެއެވެ.

ދިރާގުން އުއްމީދުކުރަނީ، މި ފޯރުކޮށްދީފައިވާ ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާ އެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށެވެ.

އިތުރު މައުލޫމާތު މި ލިންކުން ލިބިލައްވާނެއެވެ.

Ads by Ooredoo
  1. ދިރާދްގެ ބަފާ

    މަށަށް ލިބުނީ 1 ޖީބީ.މިއީތަ ހައްގު މިންވަރަކީ؟

  2. އައްޔަ

    މަށަށް އެބައިން 3 ޖީބީީ ލިބިފައި

  3. ގަމު މީހާ

    ހިލޭ ބަޔަކައް އެއްޗެއް ދެވޭތީދޯ ގޭގަ ތިބެ ބޭނުން މިކުރާ ވައިފައި މިހާ ސުލޯ ވެގެން މިއުޅެނީ..

  4. ށަވިޔަނި

    މި ދިވެހިންނަށް ކަމަކު ނުދާނެ އެއްގޮތެއް ވެސް

  5. ކާށިބޯޓް

    ޙިލޭ ތިޔަދެއްވި ޑޭޓާރގެ ސަބަބުން މިހާރު އެއްވެސް އެއްޗެއް ލޯޑެއްނުވޭ ހުންނަނި ހުއްޓުން އަރާފަ ގާވެފަ މީގެކުރިން ވާވަރުވެސް ނުވި ކޮންމެމަހަކު ބައިވަރު ލާރިދީގެން ހިދުމަތް ހޯދާއިރު އެކަށީގެން ނުވޭ! ރައްޔެރުންނަށް މިކަހަލަ ކެހިދޭކަށް ނުވާނެދޯ! ޥައުދުފުއްދާށޭ ކިޔާފަ ބޮޑުއޮޅުވާލުމެއްގަ ތިޔަބަހައްޓަނީ!

  6. ޖަލީލުބެ

    ހިލޭ ޑޭޓާ އެއް ނުދޭ.. ދޮގު ހަދާނެ ކަމެއް ނެތް … ޕޭ ކުރީމަ ކަންކަތީ ފިހާރަތަކުން ވެސް ޑިސްކައުންޓު ދޭ …