ބޮލީވުޑް

ވިދްޔާގެ "ޝޭރްނީ"ގެ އޮފިޝަލް ޓްރެއިލާ ދައްކައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވިދްޔާ ބާލަންގެ ކުރިއަށް އޮތް ފިލްމް "ޝޭރްނީ"ގެ އޮފިޝަލް ޓްރެއިލާ ދައްކާލައިފިއެވެ.

Ads by Sosun Fihaara

އެމޭޒަން ޕްރައިމްއިން ދައްކަން ހަމަޖެހިފައިވާ ފިލްމް ޝޭރްނީއަކީ ފަގީރު އަވަށަކާ ގާތުގައި އޮންނަ ޖަންގައްޔަކުން ނުކުންނަ މިނިކާވަގެއްގެ އުނދަގުލުން ސަލާމަތްވާން އެއަވަށުގެ ރައްޔިތުން ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގައި ވިދްޔާ ފެނިގެންދާނީ ފޮރެސްޓް އޮފިސަރ ނުވަތަ ޖަންގަލީގެ ކަންކަން ބަލަހައްޓާ އޮފިސަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މިނިކާވަގުގެ ކިބައިން އެއަވަށް ސަލާމަތް ކުރުމުގައި އޭނާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އެ ކަންކަމުން އަރައިގަންނަން އޭނާ ކުރާ މަސައްކަތް ފިލްމުގައި ފެނިގެންދެއެވެ.

ވިދްޔާގެ އިތުރުން ފިލްމުގައި ޝަރަދް ސަކްސޭނާ އަދި ނީރަޖް ކަބީ ވެސް ފެނިގެންދާނެއެވެ. ފިލްމްގެ ޑައިރެކްޓަރަކީ އަމިތު މުޝަކާރއެވެ. ވިދްޔާގެ ފިލްމެއްގެ އިންތިޒާރުގައި ތިބި އޭނާގެ ފޭނުން ކެތްމަދުވެފައި ތިބި މި ފިލްމް ދައްކާނެ ސީދާ ދުވަހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ވިދްޔާއަކީ ކާމިިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީ ބެލުންތެރިންގެ ލޯބި ހޯދައިފައިވާ ފަންނާނެކެވެ. އޭނާގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި ފިލްްމް ޑާރޓީ ޕިކްޗާރ، ކަހާނީ އަދި ނޯވަން ކިލް ޖެސިކާ ހިމެނެއެވެ. މީގެ ތެރެއިން ވެސް ފިލްމް ޑާރޓީ ޕިކްޗާގައި އޭނާ އަދާކޮށްފައިވާ ސިލްކްގެ ރޯލަކީ ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދިޔަ ރޯލެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!