ސަލްމާންއާއި ޝާޚްރުކްގެ ތެރެއިން އިޚްތިޔާރަކީ ކޮބައިތޯ އެހުމުން ވިދްޔާ ދިނީ ތަފާތު ޖަވާބެއް!

ފިލްމު "ޑާރޓީ ޕިކްޗާ" އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދި ވިދްޔާ ބާލަންއަކީ ހެދުންއަޅާ ގޮތުން ގިނަބައެއްގެ ސަމާލުކަން ލިބިފައިވާ ތަރިއެކެވެ. އެންމެ ފާހަގަކޮށްލެވެނީ އިންޑިޔާގެ ސަގާފަތާ އެއްގޮތަށް އޭނާ އަޅާ ލެހެންގާތަކެވެ.
ދާދިފަހުން ވިދްޔާ ވަނީ އިންސްޓަގްރާމްގައި ފޭނުންނާ އެކު މަޖާ ވަގުތު ކޮޅެއް ހޭދަކޮށްފައެވެ. ފޭނުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވައިލައި ފޭނުންގެ ސުވާލުތަކަށް ޖަވާބު ވެސް ދީފައި ވެއެވެ. މި ސުވާލުތަކުގެ ތެރެއިން އެންމެ އަޅައިގަތީ ފޭނަކު ކޮށްފައިވާ ސުވާލަކަށް އޭނާ ދީފައިވާ ޖަވާބެވެ.
ސަލްމާން ހާންތޯ؟ އެސްއާރްކޭ ތޯ؟ އަހައި ފޭނަކު ކުރި ސުވާލަށް އޭނާ ވަނީ ފިރިމީހާ އާއެކު ހުރި ފޮޓޯއެއް ހިއްސާ ކުރުމަށް ފަހު "މައި އެސްއާރްކޭ" ޖަހައިފައެވެ. ފޭނުގެ ސުވާލުގައި އެސްއާރްކޭ ނިސްބަތްކޮށްްފައި ވަނީ ޝާހްރުކް ހާންއަށް ނަމަވެސް ވިދްޔާ ޖަވާބުގައި ބުނެފައި ވަނީ ފިރިމީހާ ސިދާރްތު ރޯއި ކަޕޫރުގެ ވާހަކައެވެ.

މީގެ އިތުރުން ފޭނުން ކުރި ސުވާލުތަކަށް ދިން ޖަވާބުތަކުގައި ޗުއްޓީއަށް އެންމެ ދާހިތް ވަނީ އިޓަލީއަށް ކަމަށާއި އެންމެ ކަމުދާ ކާޓޫނަކީ މިކީމައުސް ކަމަށް ވެސް ވިދްޔާ ވަނީ ބުނެފައެވެ.
ކާމިޔާބު ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ވިދްޔާގެ ކުރިއަށް އޮތް ފިލްމަކީ އެމޭޒަން ޕްރައިމްއިން މި ޖޫން މަހު 18 ވަނަ ދުވަހު ޕްރިމިއަރ ކުރާ "ޝޭރްނީ"އެވެ.