ޚަބަރު

ލަކްޝަދީބުގައި ގެނބެމުން ދިޔަ އާއިލާއެއް ދިވެހި ދެ ފުލުހުން ސަލާމަތްކޮށްދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ލަކްޝަދީބުގައި ގެނބެމުން ދިޔަ އާއިލާއެއް ދިވެހި 2 ފުލުހުން ސަލާމަތްކޮށްދީފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ، އިންޑިއާގެ ނޭޝަނަލް ޕޮލިސް އެކަޑަމީގައި އައިޕީއެސް ޓްރެއިނިން ހަދަމުން ދިޔަ ދެ ފުލުހަކު، ލަކްޝަދީބުގައި ގެނބެމުން ދިޔަ 4 މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

ގެނބެމުން ދިޔަ ހަތަރު މީހުންގެ ތެރޭގައި ދެ ކުދީން ވެސް ހިމެނެއެވެ.

މި އާއިލާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވެފައި ވަނީ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަބްދުލް ޢަޒީޒްއާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނާޒިމެވެ.

ފުލުހުން ވަނީ މި ދެ ބޭފުޅުން ދެއްކެވި ހިތްވަރަށް ސާބަސް ދެއްވައި ދެ ބޭފުޅުންގެ ހިތްވަރަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ލަކްޝަދްވީޕް ނުވަތަ ލަކްޝަދީބަކީ 12 އަތޮޅެއްގެ މައްޗަށް ހިމެނޭ 39 ރަށެއް އޮންނަ އިންޑިއާގެ ބާރު ހިނގާ ޔޫނިއަން ޓެރިޓަރީއެކެވެ. ލަކްޝަދީބުގައި މީހުން ދިރިއުޅެމުން އަންނަނީ 10 ރަށެއްގައެވެ.

Ads by Ooredoo
  1. ރައްޔިތުން

    ސާބަސް

  2. މުހައްމަދު

    ލަކްޝަދީބުގަ އުޅޭ ދިވެހި ފުލުހުންގެ ޔުނީފޯމްވެސް ބަދަލުވީ.