ޚަބަރު ރައްޔިތުންގެ މަޖިލިސް

ހިސާންގެ ބިލާ ދެކޮޅަށް ސަަލަފް ޖަމްއިއްޔާއިން ނިކުމެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅި ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމާ ބެހޭ ބިލާ ދެކޮޅަށް ޖަމްއިއްޔަތުއް ސަލަފުން ތެދުވެއްޖެއެވެ.

Ads by STELCO

ސަލަފް ޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ 26 މެއި 2021 ގައި ރައްޔިތުން މަޖްލީހަށް ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ "ދީނީހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް" ފަރުމާކޮށްފައިވާ ޤާނޫނާމެދު، ޖަމްޢިއްޔަތުއްސަލަފުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި 30އަށް ވުރެ ގިނަ ޢިލްމުވެރީންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައިވާކަމަށެވެ.

އަދި އެ ބައްދަލުވުމުގައި "ސަރުކާރުން ހުށައަޅުއްވާފައިވާ ބިމުގެ ނުރައްކާތެރިކަމާއި، ދީނީ ނަޞޭޙަތްދިނުމުގެ މައިދާނަށް އޭގެ ސަބަބުން އެޅިގެންދާނެ ހުރަސްތަކާ މެދު ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވި، ކަންބޮޑުވުންތައް ޙިއްސާކުރެވިފައިވާ ކަމަށާއި އެ ބިލް ހުށައެޅުމުގައި "އިސްލާމަކަށް ކާފަރު" ކިޔުން މަނާކުރާ ބިލްގެ ނަމުގައި ބިލް އިޝްތިހާރުކުރެވިގެން ގޮސްފައިވުމުގައި ޢާއްމު ރައްޔިތުންނަށް ބިލުގެ އަޞްލު މަޤްޞަދާއި ޙަޤީޤަތް އޮޅޭނޭ ފަދައިން އޮތުން ވެސް ކަންބޮޑުވުމެއްގެ ގޮތުގައި ޢިލްމުވެރީން ފާހަގަކުރައްވައިފައި ވާކަމަށް ވެސް ސަލަފުން ބުނެފައި ވެއެވެ.

އަދި އެ ބިލުގެ ސަބަބުން، ޤާނޫނު އަސާސީގެ 27 ވަނަ މާދާއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަ ހުރަސް އެޅޭނޭ ކަމުގަ އިވެސް، ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ފާހަގަ ކުރި ކަމަށް އެ ޖަމްއިއްޔާއިން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ވަނީ އެކިއެކި ފަރާތްތަކުން، އެ ފަރާތަކަށް ކުރެއްވޭ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށް އެބިލުގެ ނުރައްކާތެރިކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، އާއްމުންނަށް ޙަޤީޤަތް ސާފުކޮށްދިނުމާއި، އަދި އެބިލު އެ އޮތްގޮތަށް ފާސް ނުކުރުމަށް ހުރިހާ ދާއިރާއެއްގެ މަޖްލީހުގެ މެމްބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!