ޚަބަރު

ޖަނަވާރުންގެ ސިއްހަތާ ބެހޭ ބިލެއް މަޖިލީހަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލެއް ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

Ads by Sosun Fihaara

ސައުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖެއަށް ޖަނަވާރާއި ޖަނަވާރުގެ އުފެއްދުންތަކާއި ބޭހާއި، ކާނާއާއި އެނޫން ވެސް ތަކެތި އިމްޕޯޓު ކުރުމާއި އެކްސްޕޯޓު ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި، ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅެ، ވިއްސައި އާލާކުރުމަށް ޓަކައި ޖަނަވާރުގެ ދުޅަހެޔޮކަމުގެ ހާލަތު ރަނގަޅުކޮށް ކުރިއެރުވުމާ ގުޅޭ އުސޫލުތަކާއި ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކައުތެރިކުރުމަށެވެ.

އެ ބިލުގައި ބުނާ ގޮތުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ބަލަހައްޓާ ފަރާތުން އެ ޖަނަވާރުގެ ސިއްހަތާއި ދުޅަހެޔޮކަމުގެ ޒިންމާ އުފުލައި، ރަނގަޅަށް ގެންގުޅެން ޖެހޭނެއެވެ. އަދި ޖަނަވާރު ގެންގުޅެން ޖެހެނީ މަގުމައްޗަށާއި އާންމު ތަންތަނުގެ ސާފުތާހިރުކަން ނުގެއްލޭ ގޮތަށެވެ.

މީގެ އިތުރުން ޖަނަވާރު އެކްސްޕޯޓް ކުރުމާއި ރީ އެކްސްޕޯޓް ކުރުމާއި ޓްރާންސިޓް ކުރެވޭނެ ގޮތްތަކާއި ޖަނަވާރު ނައްތާލާނެ ގޮތްތަކާއި ޖަނަވާރުތަކަށް ޖެހޭ ބަލި ކޮންޓްރޯލް ކުރުމުގައި އަމަލުކުރާނެ ގޮތްތަކާއި ގާނޫނާ ހިލާފުވުމުން ފިޔަވަޅު އެޅޭނެ ގޮތްތަކާއި އަދަބެއްގެ ގޮތުގައި ޖޫރިމަނާ ކުރެވޭނެ ގޮތްތައް ވެސް ބިލްގައި ވަނީ ހިމަނައިފައެވެ.

އަދި ރައްކާތެރި ގޮތުގައި ޖަނަވާރު ގެންގުޅެ، ވިއްސައި އާލާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ޖަނަވާރު ގެންގުޅުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ވެސް އޭގައި ހިމެނެއެވެ.

އެ ބިލުގައި ރިޕޯޓްކުރަން ޖެހޭ ބައްޔެއް ހުރި ޖަނަވާރެއް ވިއްކަން ބެހެއްޓުމާއި އެފަދަ ބަލި ޖައްސައި އެއްޗެއް، ގަސްދުގައި ރާއްޖެއަށް އެތެރެކޮށްފި ނަމަ އަދަބެއްގެ ގޮތުން 10،000-25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ބިލުގެ ދަށުން ހަދައި، އެއްވެސް ގާނޫނަކާ ހިލާފުވެއްޖެ ނަމަ އަދަބަކީ 5000-10،000 ރުފިޔާގެ ޖޫރިމަނާ އެކެވެ.

  1. ޖާނޭ

    ކާށި ހެހުމާއި ހެހިފައި ހުންނަ ކާށީގެ ސިއްޙަތާބެހޭ ބިލެއް ހުށައަޅަންވީ ނޫންތޯ؟ ކޮސްގޮވާމީހުން. ޚުރާނެ ނުކުރާނެ ކަމެއް ނޭގިގެން އުޅޭ ކޮހުން ތަކެއް.

  2. ދާންދޫ

    ޖަނަވާރުންގެ ވަރި ކައިވެންޏާއި ބެހޭ ބިލަކާއި އުފަންވާ ޖަނަވާރުގެ ބަފައި ކަށަވަރު ކުރެވޭނެ ނިޒާމް ބެލެހެއްޓުމުގެ ބައިތައްވެސް ތި ޤާނޫނުގެ ނަމްބަރު ތަކުގައި ހިމަނުއްވައި ދެއްވަންވާނެ .